
މެލޭޝިއާ އެމްބަސީގެ ފަސްޓް ސެކްޓްރީ ބަދުރުއްދީން ނަސީމް ކިޔެވި ޔުނިވާސިޓީ އޮޅުވައިލާ މާސްޓާޒް ހެދިކަމާމެދު ސުވާލު އުފެދިއްޖެއެވެ.
ބަދުރުއްދީން ވިދާޅުވާގޮތުގާއި އޭނާ ކިޔެވީ ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާއިން ކަމުގައެވެ. އެކަމަކު ވެސްޓްމިންސްޓާ ޔުނިވާސިޓީއިން މަތީ ތައުލީމް ހާސިލް ކުރެއްވި ކުރީގެ ޔޫތު މިނިސްޓަރ އަދި އެ ޔުނިވާސިޓީގެ އިސްދަރިވަރުންގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު އިރުތިޝާމް އާދަމް ވަނީ އެކަން ދޮގު ކުރައްވާފައެވެ. މިކަން ފަޅާއެރުމުން ބަދުރުއްދީން ވަނީ އޭނާގެ ލިންކްޑް އިން ބައޯއިން ޔުނިވާސިޓީގެ ނަން އެހެން ނަމަކަށް ބަދަލުކޮށްފައެވެ.
ބަދުރުގެ އިތުރުންވެސް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ފޭކު ޑިގްރީ އާއި ޕީއެޗްޑީވެސް ފައިސާ ދީގެން ގަނެފައިވާކަން ފާހަގަކޮށްލެވެއެވެ.