ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމާ ގުޅިގެން، މިރޭ މިނިސްޓާރ އޮފް ފިނޭންސް، މިނިސްޓާރ އޮފް ހެލްތް، މިނިސްޓާރ އޮފް ޖެންޑާރ ،ފެމިލީ އެން ސޯޝަލް ސާރވިސެސް އަދި ޗެއާރ އޮފް ޕޭ ކޮމިޝަން އިން މިރޭ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި ބޮންތި ނޫހުގެ ނޫސްވެރިއެއް ވަނީ ހެލްތް މިނިސްޓާރ އަށް އަމާޒުކޮށް ސުވާލެއް ކުރައްވާފައެވެ. “ މެޑިކަލް އިންޓާންސް އަކީ މެޑިކަލް އޮފިސަރުން ގެ މަސައްކަތް ކުރާ ފަރާތެއް، ހަފްތާއަކު 72-80 ގަޑިއިރު މަސައްކަތް ކުރުވާއިރު 32 ގަޑިއިރުގެ ކޯލް ޑިއުޓީ ވެސް ނަގުވާ، މިކަންކަން ކުރުވަނީ ސިވިލް ސާވިސް ގަވައިދު އެ ޑޮކްޓަރުންނަށް އެޕްލައި ނުވާ ކަމަށް އެއްބަސް ކުރުވާ ސޮއި ކުރުވައިގެން. 32 ގަޑިއިރު ޑިއުޓީ ހަދާ ޑޮކްޓަރުން ނިދާ، ރެސްޓުކުރަން ބޭނުން ކުރަނީ އަންހެން ފިރިހެން ޝެއާ ކުރާ ގޮތަށް އެއް ކޮޓަރި
މިނިސްޓަރ އަށް މިކަންކަން މިހެން ދާކަން އެނގިލައްވަވާތޯ؟ މީ މިކަންކަން އޮންނަން ޖެހޭ ގޮތްތޯ؟ އަދި މިހާލުގައި ގެންގުޅޭ މެޑިކަލް އިންޓާންސް އަށް ދޭން ނިންމީ ކިހާވަރެއްގެ އެލަވެންސް އެއް ތޯ؟” މި ސުވާލަށް ހެލްތް
މިނިސްޓާރ ޖަވާބުދެއްވަމުން ބުނުއްވީ އެބޭފުޅާއަށް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.
އަދި މިގޮތަށް ސުވާލުއައީމަ މިކަން ބައްލަވާނެ ކަމަށް ވެސް މިނިސްޓާރވަނީ ވިދާޅުވެފަައެވެ.