ޗާގޯސްއާ ދިމާލަށް 90 މޭލު ބޭރަށް ނިކުތް ހުވަދޫ މަސްދޯންޏަކަށް މަނަވަރަކުން އިންޒާރުދީފި!

ޗާގޯސްއާ ދިމާލަށް 90 މޭލު ބޭރަށް ނިކުތް ހުވަދޫ މަސްދޯންޏަކަށް އެ ސަރަޙައްދުގައި އޮތް މަނަވަރަކުން، އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަންގައި އިންޒާރުދިން ކަމަށް މަސްވެރިންގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމުގައިވާ ”މަސްވެރިން އޮންލައިން“ އިން ބުނެފިއެވެ.
މަސްވެރިން އޮންލައިން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސ. މަރަދޫ ”ރަހާ“، ”މިރާ“ ދޯނި އައްޑޫ ގަން ބޮޔާއި ދިމާލަށް އިރުދެކުނަށް 140 މޭލަށް މަސްވެރިކަން ކުރުމަށް ގޮސްފައިވާކަމަށާއި، ހުވަދޫ އަތޮޅުގެ ބައެއް މަސްވެރިން ސީދާ ޗާގޯސްއާ ދިމާލަށް 90 މޭލަށް ދިޔަކަމަށް އެ މަސްވެރިން މައުލޫމާތު ދޭ ކަމަށެވެ.
ސ. މަރަދޫ "ރަހާ"، "މިރާ" ދޯނި އައްޑޫ ގަން ބޮޔާއި ދިމާލަށް އިރުދެކުނަށް 140 މޭލަށް މަސްވެރިކަން ކުރުމުމަށް ގޮސްފައިވޭ. ހުވަދޫ އަތޮޅުގެ ބައެއް މަސްވެރިން
ސީދާ ޗާގޯސްއާ ދިމާލަށް 90 މޭލަށް ދިޔަކަމަށް މަސްވެރިން މައުލޫމާތު ދޭ. 90 މޭލަށް ނުކުތް މަސްދޯންޏަކަށް އެ ސަރަހައްދުގައި އޮތް…— Masverin Online (@MasverinOnline) April 30, 2023
ޗާގޯސް ކައިރިން 90 މޭލަށް ނުކުތް މަސްދޯންޏަކަށް އެ ސަރަޙައްދުގައި އޮތް މަނަވަރަކުން އެނބުރި ދިއުމަށް އަންގާ އިންޒާރު ދީފައިވާކަމަށް މަސްވެރިން ވަނީ ބުނެފައެވެ. މިއާއެކު މަސްވެރިން އޮންލައިންގެ ޓްވީޓުގައިވަނީ ގިނަ ދުވަހު ކަނޑުމަތީގައި މަޑުކޮށް، މަސްވެރިކަން ކުރެވޭ ގޮތަށް ފަރުމާކޮށްފައި ތިބޭ ޒަމާނީ މަސްދޯނިތަކުން ބޭރުބައެއްގެ އުނދަގުލަކާ ނުލާ އައްޑޫގެ ދެކުނަށް މަސްވެރިކަން ކުރުމަށް ނުކުމެވޭނީ ކިތަށް މޭލަށްތޯ އާއި 140 މޭލަށް ދެވޭނެތޯ ސުވާލު އުފައްދާފައެވެ.
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ.