ޚަބަރު

ފައިސާ ނުލިބިގެން ފެނަކައިގެ ސަޕްލަޔަރުން މުޒާހަރާއަށް

ފެނަކަ ކޯޕަރޭޝަންގެ ސަޕްލަޔަރުންނަށް ފައިސާ ނުލިބިގެން  މުޒާހަރާ ކޮށްފިއެވެ. 

 ފެނަކަ އިމާރާތުގެ ގޯތިތެރޭގައި ޕޯސްޓަރުތައް ހިފައިގެން މުޒާހަރާ ކުރަމުންދާ މީހުން އެދެމުންދަނީ އެމީހުންގެ ހިދުމަތްތަކަށްވާ ފައިސާ ދިނުމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފެނަކައިން ސަޕްލަޔަރުންނަށް ފައިސާ ނުދޭތާ އެތަށް މަހެއްވެ  ފައިސާގެ އަދަދު ނުވަ މިލިއަނަށް ވަނީ އަރާފައެވެ.

”އަޅުގަނޑުމެން ލައްވާ ކުރުވާފައިވާ މަސައްކަތަށްވާ 9,450,897ރ. ދެއްވާ، ހަތް މަސް ދުވަހު އިންތިޒާރު ކުރެވިއްޖެ. މަގު ފޭރުން ހުއްޓާލާ“ ޕޯސްޓަރެއްގައި ލިޔެފައިވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފެނަކައިން ވަނީ އެކި އެހެން ފަރާތްތަކަށް ވެސް ދަރަނިވެރިވެ ބިލިއަނަކަށް ވުރެ މައްޗަށް އަރާފައެވެ. މިގޮތުން ތެޔޮ ގަތުމަށްފަހު ފެނަކައިން އެސްޓީއޯ އަށް ދަރަނިވެރިވެފައި އޮތް ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މައުލޫމާތުލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button