އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓެއް ސަރުކާރުން ނެރެފައެއް ނުވޭ: މިޢުވާން

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓެއް ސަރުކާރުން ނެރެފައެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ބޮންތި“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓެއް ސަރުކާރުން އާންމުކޮށްފައެއް ނުވާނެކަމަށެވެ.
އޭގެ އިތުރުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަތައް މިހާރު ކޯޓުތަކުން ކުރިޔަށް ގެންދާކަމަށާއި، އަދި ކޯޓުތަކުގެ ޝަރީއަތް ކުރިޔަށް ގެންދާ ގޮތާ ބެހޭގޮތުން ވަކި އެއްޗެއް ބުނަން ބޭނުން ނޫން ކަމަށާއި އެފަދަ ސުވާލުތަކަށް ޖަވާބު ދޭން އެނގޭނީ ތަހުޤީޤީ އިދާރާތަކަށް އެކަނި ކަމަށް ވެސް މިޢުވާން ވިދާޅުވެއްޖެއެވެ.
“ސަރުކާރުން މިކަމާ ގުޅޭގޮތުން ލިސްޓެއް ނެރެގެން ކުރިއަކަށް ނުދާނެ” މިޢުވާން ޖަވާބުގައި ފާހަގަކޮށްފައިވެެއެވެ.
Kihinehtho nereynee. Furathama innaanee kaaku ge nan? Engey dhoa