ޚަބަރު

ހާދިސާ އާ އެންމެ ދުރު ފަޔަރސްޓޭޝަނުން މަސައްކަތްކޮށް އަލިފާން ނިއްވާލުން

ސ. ފޭދޫގައި ރޭ ހިނގައި ދިޔަ އަލިފާނުގެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ. 19:33ގައެވެ. ޚަބަރު ލިބުމާއެކު އެމްއެންޑީއެފްގެ ސަދަން ރީޖަނަލް ކޮމާންޑް ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެެ 20:09 ގައިވަނީ އަލިފާންގަނޑު ނިންވާލާފައެވެ.

މަންޒަރުދުށް މީހުން ބުނާގޮތުގައި ހިތަދޫއާ އެންމެ ދުރުގައި އޮތް ފޭދޫގެ އަލިފާނުގެ ހާދިސާއަކަށް ހިތަދޫ ސްޓޭޝަނުން އަލިފާން ނިންވާ ލޮރީ ދާއިރު އެތަނަށް ހުންނާނީ ވާނެއެއްޗެއް ވެފައެވެ. ފަޔަރ ލޮރީ ދުއްވާފައި ދާތަން ފެނުނު މީހާ މިހެން އެބުނީ އެންމެ އަވަހަށްވެސް ހިތަދޫން ފޭދޫއަށް ދެވޭނީ 20 ނުވަތަ 25 މިނިޓް ދުއްވައިގެން ކަމަށް ވާތީއެވެ. އެމްއެންޑީއެފުން ކުރެއްވި ޓުވީޓުގައި ވާގޮތުން އެ އަލިފާންގަނޑު ވަނީ ޚަބަރު ލިބުނުތާ 36 މިނިޓް ތެރޭގައި ނިންވާލާފައެވެ.

ނަމަވެސް މި ހާދިސާއާ ގުޅިގެން ސޯޝަލްމީޑިޔާގައި ބައެއް ބޭފުޅުން ބައެއްކަހަލަ ސުވާލުތައް އުފައްދާފައިވެއެވެ. އެގޮތުން ފާހަގަކުރެވުނު އެންމެ މުހިންމު ސުވާލަކީ ފޭދޫއާ ޖެހިގެން ގަމުގެ އެއާޕޯރޓް އޮވެފައި ފޭދޫއާ އެންމެ ދުރުން ހިތަދޫއިން ފަޔަރ ލޮރީ ދިޔައީ ކީއްވެތޯ އުފައްދާފައިވާ ސުވާލެވެ.

ކިޔުންތެރިންގެ މި ސުވާލަށް ޖަވާބު ހޯދާލުމުން އެނގުނީ އައްޑޫގައި ފަޔަރ ސެންޓަރެއް ގާއިމުވެފައި އޮންނަނީ މަރަދޫ ފޭދޫގަޔާއި ހިތަދޫގައިކަމެވެ. އަދި އައްޑޫގެ އަލިފާނުގެ ހާދިސާތަކަށް އަބަދުވެސް ހަރަކާތްތެރި ވަނީ ހިތަދޫ ފަޔަރ ސްޓޭޝަނުންކަމެވެ. ހަމައެހެންމެ ގަމުގެ ފަޔަރމަނުން އާންމު މިފަދަ ކަންކަމަށް އެޓެންޑް ނުވާކަމެވެ.

ފޭދޫގެ މި އަލިފާނުގެ ހާދިސާއަށް ކައިރީގައި ހުރި ފަޔަރ ސްޓޭޝަންތަކުން މަސައްކަތް ކުރާނަމަ އަވަހަށް އަލިފާންް ނިއްވާލެވި ލިބުނު ގެއްލުން ކުޑަވީސްކަމުގެ ސުވާލެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button