ޚަބަރު

353 ނަންބަރު ކޮށީގައި ހިމެނޭ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ބިމެއް!

މާލޭގެ 353 ނަންބަރު ކޮށީގެ ބިމުގެ މިލްކުވެރި ފަރާތަކީ މާލޭ ސިޓީ ކައުންސިލް ކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ނޫސް ބަޔާނެއް ނެރެފިއެވެ.

މި ނޫސް ބަޔާން ނެރެފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ނެރެފައިވާ ނޫސްބަޔާނާ ގުޅިގެންނެވެ. ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ، މާލޭ ހިޔާ ފުލެޓުތައް ހުރި ބިމަކަށްވާއިރު އެ ބިން ނުވަތަ އެބިމުގެ ބައެއް ޔޫތު މިނިސްޓްރީއަށް ދީފައިވާ ކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނަކީ ކަމުގެ ހަޤީގަތް އޮޅުވާލުމުގެ ބޭނުމުގައި ނެރެފައިވާ ނޫސްބަޔާނެއްކަމުގައެވެ.

މީގެ އިތުރުން، ޔޫތު މިނިސްޓްރީއަށް އެ ބިމުގެ އެއްވެސް މިންވަރެއް ދީ އަދި އެ ބިން ހަވާލުކޮށްފައި ވެސް ނުވާނެކަމަށާއި، އެ ބިމުގެ އެއްވެސް މިންވަރެއް ޔޫތު މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ނުވާއިރު އެއްވެސް ކަމެއްކުރުމަށް އެއްބަސްވުމެއްގެ ދަށުންވެސް އެއްވެސް މިންވަރެއް ހަވާލުކުރިކަމުގެ ލިޔުމެއް މާލެ ސިޓީ ކައުންސިލުގައި ފެންނަން ނެތްކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button