
އެމްއާރުއެމުން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނެރެވިއްޖެނަމަ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެ ޕާޓީގެ ރައީސް އަޙުމަދު ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިޝް މިހެން ވިދާޅުވެފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކުލަބުހައުސްގައި ކުރިއަށް ގެންދާ ”މާއްދާ27“ ފޯރަމުގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
”އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ރާއްޖެ މި ކަންކަމުން އަރައިގަންނަން އެބަޖެހޭ. ކޮންމެ ފަހަރަކު ކޮންމެ ބަޔަކު ވެރިކަމަށް އައި ނަމަވެސް ނެތް ވަޒީފާތަކެއް އުފައްދާފައި ހަމައެކަނި މި ޕާޓީއަށް ސޮއި ކުރާ މީހުންނަށް އެކަންޏޭ ވަޒީފާ ލިބޭނީ މަގާމު ލިބޭނީ ފްލެޓް ލިބޭނީ ގޯތި ލިބޭނީ ލޯނު ލިބޭނީ ސަރުކާރުން ބޭނުންވާ ހުއްދަ ވެސް ލިބޭނީ ބުނާ ބުނުމަކީ އިންސާފެއް ނޫން،“ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިޝް ވަނީ ވިދާޅުވެފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ފާރިޝް ވިދާޅުވެފައިވަނީ ”އެހެންވީމަ އެ ފަދަ އެހެން ބައެއް ނެތް ކަމަށް ވާނަމަ ދެން ޖެހޭނީ މިކަންކަން ހިފައިގެން އަޅުގަނޑުމެން އެންމެ ކުރީ ސަފަށް ނުކުންނަން. ރައްޔިތުންނާ ހަމައަށް މި ކަންކަން ކޮންމެ ވެސް ބަޔަކު ގެންގޮސްދޭން އެބަޖެހޭ. މި ކަމުގައި އެހެން ގޮތެއް ނެތިގެން މިސާލަކަށް އެމްއާރުއެމުން ވަކި ކެންޑިޑޭޓެއް ނެރެގެން ކުރިއަށް ގެންދާ ނަމަ އަޅުގަނޑުގެ ވިސްނުން ހުރެދާނެ އެގޮތަށް. އަޅުގަނޑު ވެސް މި ހުރީ އެކަން ކުރަން ތައްޔާރަށް،“ ކަމަށެވެ.
ފާރިޝް ވިދާޅުވި ގޮތުގައި ސިޔާސީ އެހެން ޕާޓީތަކުގެ ހިޔާލު ހުރި ގޮތް ބަލަމުންދާ ކަމަށާއި އެކުގައި މަސައްކަތް ކުރެވޭނީ އެއް ވިސްނުމަކާއި ފިކުރެއް އޮތް ޕާޓީތަކާއެކު ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިހާރު ފާރިޝް ވަނީ މީސްމީޑިއާގައި ކެމްޕެއިން ފަށާފައެވެ.
Main bafain naa anbi dharin fiyava ehen meehegge vote libey ne here hiye nuvey maumun ge dhari yaka viyas
E ee kon mash varaa eh running mate akah hama jessun baa yameen aa idhi kolhu vee ves ehenve dho
tirIsq waharu ge tharaawees repeat kuraakah netheemeve.