ޚަބަރުސިޔާސީ

ރައީސް ޞާލިހް ބޮޑުކުރެއްވި ވިނަރެސް ފްލެޓް ތަކުގެ އަގު މުއިއްޒުގެ ވެރިކަމެއްގައި ކުޑަ ކުރާނެ ކަމަށް ވައުދުވެއްޖެ!

ރައީސް ޔާމީންގެ ޒައާމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅުއްވާފައިވާ “ވިނަރެސް” ފްލެޓް ތަކުގައި ދިރި އުޅޭ ފަރާތްތަކުގެ އަތުން ނެގޭ ކުލީގެ އަގު ކުޑަ ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔާރ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ބޭޢްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ރައީސް ޞާލިހުގެ ސަރުކާރުން ވަނީ އެ ފްލެޓުތަކުގެ ކުލި އިންތިހާއަށް އަގުބޮޑުކޮށްފައިކަމަށެވެ. އަދި އެ މަޝްރޫއު އަކީ އެމަނިކުފަނު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ސޮއި ކުރެއްވި މަޝްރޫއެއް ކަމުން އެ މަޝްރޫއުގެ އަގުތަކާއި އިތުރު ތަފްސީލު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް ވެސް ވާހަކައިގައި މުއިއްޒު ވަނީ ފާހަގަކުަރައްވާފައެވެ.

ރައީސް އިބްރާހީމްގެ ސަރުކާރުން މަސައްކަތް ކުރަނީ ޑައުންޕޭމަންޓްގެ ގޮތުގައިވެސް އެ ފްލެޓުތަކަށް 2 ލައްކަ ރުފިޔާ ނެގުމަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. މުއިއްޒު ވިދާޅުވީ އެއީ ރައީސް ޔާމީންގެ ސަރުކާރުން އެކަންކުރަން ރޭވި ގޮތް ނޫންކަމަށެވެ.
”އަޅުގަނޑު ދޭނެ ޔަގީން ކަމަކީ ޑައުންޕޭމަންޓަށް ދައްކަން އޮތް ބޮޑު އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަގު ކުޑަކޮށްދީ، ރައްޔިތުން އަތްފޯރާ ވަރަށް ކުޑަކޮށްދޭނަމޭ. އެއީ އެކަން ކުރެެވެން އޮތީމަ. އެއީ އެ ޕްރޮޖެކްޓަކަށް ނެގި ލޯނާއި ހުރިހާ ތަފްސީލެއް އަޅުގަނޑަށް އެނގޭ. ފުރިހަމަ ފައިދާއެއް އާބަންކޯ އަށް ލިބޭނެ ކުޑަ ކުރިޔަސް،“ މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން ހިންގި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ
ފްލެޓުތަކުގެ އަގުވެސް ކުޑަކުރައްވަން ޑރ.މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އަދި ޑރ.މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން ކަމުން ރާއްޖެ އަށް ދެން ތަރައްޤީ ގެނެސްދޭނެ ފަރާތަކަށް އެމަނިކުފާނު ވެގެންދާނެ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button