
ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގައި ހުރި ހަމައެކަނި ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓް ހަސަން ޒިހާން ވަޒީފާއިން ވަކިކޮށްފިއެވެ.
ޒިހާން އަކީ ޔުނައިޓެޑް ސްޓޭޓްސްގެ ނޭވަލް އެކެޑެމީއިން ނޭވަލް އާކިޓެކްޗަރ އަދި މެރިން އިންޖިނިއަރިންގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ ފަރާތެކެވެ. އަދި ސިފައިންގެ ތާރީހުގައިވެސް އެ ސިފައިންގޭގައި ހުރި ހަމައެކަނި ނޭވަލް އާކިޓެކްޓެވެ.
ސިފައިންގެ ވަޒީފާއިން ޒިހާން ވަކިކޮށްފައިވަނީ މިހާރުގެ ސަރުކާރަށް ތާއީދު ނުކުރާކަމަށް ތުހުމަތުކޮށެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލު ދައްކާ އެކިއެކި ވާހަކަތަކާއި މެދު ސުވާލު އުފައްދާތީ ކަމަށް މައުލޫމާތުލިބެއެވެ.
މީގެ އިތުރުން ރައީސް އިބްރާހީމް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި, ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޒިހާންގެ ބޭބެ ދޫކޮށްލަން ގޮވާލާ ”ފްރީ މައި ބްރޯ“ މިހެން ފޭސްބުކްގައި ލިޔުންވެސް ވަޒީފާއިން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ޒިހާން މަގާމުން ވަކިކޮށްފައިވަނީ ސިފައިންގެ ތެރޭގައި އޮންނަ މިލިޓަރީ ކޯޓުން މި މައްސަލަތައް ބެލުމަށްފަހު ފަސްޓް ލެފްޓިނަންޓްގެ މަގާމުން ލެފްޓިނަންޓަކަށް ޑިމޯޓު ކުރުމަށްފަހުގައެވެ.
ޒިހާން ވަޒީފާއިން ވަކި ކުރުމުން ގިނަ އަދަދެެއްގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުމާއި ފާޑު ކިޔުންތައް ވަނީ މި ސަރުކާރަށް އަމާޒުވެގެން ގޮސްފައެވެ.
Narrative ge lolakun ammunition balanee