ޚަބަރު
ކޮށީގޭ ސައީދު އެސްޓީއޯގެ އެމްޑީއަކަށް ހަމަޖައްސަން ޕީސީބީއަށް

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ސަރުކާރުން ފޮނުވައިފިއެވެ.
އެސްޓީއޯގެ އެމްޑީއަކަށް ސައީދު އައްޔަންކުރަން ނިންމީ، އެ މަގާމުގައި ކުރިން ހުރި ހުސެއިން އަމްރު މަގާމުން ވަކިކުރުމަށްފަހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދަކީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރެވެ.