
ސައޫދީ ޓީވީ ޗެނަލެއް ކަމަށްވާ އެމްބީސީން ބްރޯޑްކާސްޓްކޮށްފައިވާ ޝޯއެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށާއި ނައިބު ރައީސް ކަމަލާ ހެރިސްއަށް ޖޯކު ޖަހައިފިއެވެ.
”ސްޓޫޑިއޯ 22“ ނަމަކަށް ކިޔާ މި ޝޯގައި ރައީސް ބައިޑަންގެ ބަލި ހަނދާންފުޅާއި ޕޯޑިއަމް ދޮށުގައި ހުންނަވަނިކޮށް ނިދިކުރެއްވޭ މަންޒަރު ވަނީ ސިފަކޮށްދީފައެވެ.
މި ވީޑިއޯ ކްލިޕްވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.