ޚަބަރުދުނިޔެ

މި އަހަރުގެ ’އާތު އަވަރ‘ މިރޭ 21:30ގައި!

މި އަހަރުގެ ’އާތު އަވަރ‘ މިރޭ 21:30ގައި ރާއްޖޭގައި ފާހަގަ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

’އާތު އަވަރ‘ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ފަހު ހޮނިހިރު ދުވަހުއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 190 ޤައުމު މިއަދުގެ ’އާތު އަވަރ’ގައި ބައިވެރިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

’އާތު އަވަރ‘ އަކީ ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ކަރަންޓު ހަކަތަ ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް ޓަކައި އެއް ގަޑިއިރަށް ކަރަންޓުގެ ހަކަތަ ބޭނުންނުކޮށް ތިބޭ ވަގުތުކޮޅެވެ.

’އާތު އަވަރ‘ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދެއެވެ. މިގޮތުން އާންމުންގެ ގޭގެއާއި، އިދާރާތަކާއި މަދަރުސާތަކުގައި 1 ގަޑިއިރު ކަރަންޓު ބޭނުންނުކޮށް ތިބުމަށް ހަމަޖެހިފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވަގުތުކޮޅު ފާހަގަ ކުރަމުންދަނީ ”ލައިޓްސް އައުޓް‘ ވަގުތުކޮޅެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button