ޚަބަރު
ބޯގަންވިލާ ގަހުގެ ވައްކަން!

ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން ކަދުރު ރުއް އިންދާ އޭގެ ޕިޓް ތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަމަށް މާލޭ ސިޓީ ކައުންސިލް އިދާރާއިން ހާމަކުރައްވައިފިއެވެ.
މިއަދު އެ އިދާރާއިން ކުރެއްވި ޓުވީޓެއްގައި ހިތާމައާއެކު އެކަން ފާހަގަ ކުރައްވާ އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.