ޚަބަރު

ބޯހިޔާވަހިކަމަށް ދޫކުރާ ލޯނުތައް ވީހާވެސް އަވަހަކަށް ތައާރަފްކުރާނެ: ރައީސް

ފުށިދިއްގަރު ފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މުހާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމަށް ދޫކުރާ ލޯނުތައް ވީހާވެސް އަވަހަށް ތައާރަފް ކުރާނެކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހައުސިންގް ލޯންތައް ހަމަޖެއްސުމަށްޓަކާ، ރާއްޖޭގައި ގާއިމް ކޮށްފައިހުރި ބޭންކުތަކާ މަޝްވަރާކޮށް ވީހާވެސް އަވަހަށް ރައްޔިތުންނަށް ހައުސިންގް ލޯނުގެ ހިދުމަތް ފޯރުކޮށްދޭނެކަމަށެވެ.

ދާދި އަވަހަށް އަޅުގަނޑު ވައުދުވީ ގޮތައް އެކިކަހަލަ ހައުސިންގް ލޯންތައް ދޫކުރުމަށްޓަކައި ބޭންކިންގް ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންކަން ހަމަޖައްސާ އެކަންކަން އިއުލާން ކުރާނަން: ރައީސް

އެ ލޯނުތަކުގެ ތެރޭގައި 5 ޕަސެންޓަށްވުރެ ކުޑަކޮށް ދޫކުރާ ލޯނުތައް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެފަދައިން، ދުވެލި ހަލުވިކުރުމަށްޓަކައި ހައުސިންގް ލޯނުގެ މަސައްކަތްތަކުގެ އިދާރީ މަސައްކަތްތައް ކުރިޔަށް ދާކަމަށް ވެސް ރަައީސް ވިދާޅުވިއެވެ.

އެގޮތުން، މީގެ ކުރިން އެމަނިކުފާނު ވައުދުވީ ފަދައިން، މާލެސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކުގައި ގެދޮރު ބިނާކުރުމައްޓަކައި، އެކަމަށް ހާއްސަ ލޯނެއްވެސް ލޯން ސްކީމް ތެރޭގައި ހިމެނިގެންދާނެއެވެ.

މިއަދުގެ ރަސްމިޔާތުގައި ރައީސް ވިދާޅުވީ ހައުސިންގް ލޯނުގެ އިތުރުން، ރައްޔިތުންގެ އެކިކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެން ދޫކުރާ، އެކިކަހަލަ ލޯނުތައްވެސް ކުރިމަގުގައި ދޫކުރާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button