އިދިކޮޅު މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ފެން ޖެހުމާއި ސައިކަލުތައް އެއްވުންތަކު ތެރެއަށް ވަންނަން އުޅުން އެޗްއާރްސީއެމުން ކުށްވެރިކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން 25 ޑިސެމްބަރު 2022 އިން ފެށިގެން މާލެ އާއި އަތޮޅުތަކުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅިގެން ރަށްރަށުގައި ސިލްސިލާކޮށް ހިންގާ ހަރަކާތްތައް އަންނަނީ ބަލަމުންނެވެ.
އެ ކޮމިޝަނުން ބުނީ މާލެ އާއި އަތޮޅުތެރޭގައި ކުރިއަށް ގެންދިޔަ 49 ހަރަކާތެއް މޮނިޓާކޮށްފައިވާ ކަމަށާއި އެ ކޮމިޝަނުން ފާހަގަކުރި މައްސަލަތަކާއި ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލަމުން އަންނަ ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައްޔިތުންނަށް އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވާ ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތް ކަން އެ ކޮމިޝަނަށް ވަނީ ފާހަގަކުރެވިފަ. އަދި އާންމު ރައްޔިތުންގެ ފަރާތުންވެސް މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖެހުމާއި، ސައިކަލެއްގައި ގޮސް ވަންނަން އުޅުންފަދަ ނޭދެވޭ އަދި ގެއްލުމެއް ލިިބދާނެފަދައަމަލުތަކެއްކޮށްފައިވާކަންފާހަގަކުރެވެއެވެ.
އެޗްއާރްސީއެމުން ބުނީ މުޖުތަމައުގެ ހަމަޖެހުމަށް ޓަކައި އެކަކުގެ ހައްގުތަކަށް އަރައިނުގަނެ އެކަކުގެ ހައްގުތަކަށް އިހުތިރާމް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެޗްއާރްސީއެމުން ވަނީ މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އަމަލުކުރަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެ އުޅުމުގެ ގާނޫނުގައި މަނާކޮށްފައިވާ ކަންކަން ނުކުރުމަށް މުޒާހަރާގެ ބައިވެރިންނާއި ދިފާއީ ބާރުތަކާއި އެހެނިހެން ފަރާތްތަކަށް ވެސް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްއާރުސީއެމުން ނެރުނު މި ނޫސް ބަޔާނުގައި އެ ކޮމިޝަނުން މޮނިޓާކޮށްފައިވާ ހަރަކާތްތަކާއި ހާދިސާތަކުގެ ހަގީގަތާ ހިލާފު ރިޕޯޓެއް ހުށަހަޅާފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.