ޚަބަރުސިޔާސީ

އަޅުގަނޑު ހުރީ ޕީޕީއެމުން ރިޔާސީ ޓިކެޓް ލިބޭނެ ކަމުގެ އުންމީދުގަ، ފުރުސަތަކަށް ބަލަބަލާ: ރައީސް ވަހީދު

އެމަނިކުފާނު ހުންނެވީ ޕީޕީއެމުން ރިޔާސީ ޓިކެޓް ލިބޭނެ ކަމުގެ އުންމީދުގައި، ފުރުސަތަކަށް އެދިވަޑައިގެންކަން އެޕާޓީން ދާދި ފަހުން ވަކިވެވަޑައިގަތުމަށްފަހު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވ،ި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި3 ފުރުސަތެއް ކަނޑަޅާފައި އޮތް ކަމުގައެވެ. އެގޮތުން ފުރަތަމަ ގޮތަ ޕްލޭނަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންވެވަޑައިގެންފިނަމަ، ޕީޕީއެމްގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި، ދެވަނަ ޕްލޭނަކީ، ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ކަމަށް ވާނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުން ކަމުގައެވެ. އަދި ޕްލޭން ސީ ގެ ގޮތުގައި އޮތީ، ދެވަނަ ޕްލޭން ކާމިޔާބު ނުވެއްޖެނަމަ، ޕީއެންސީއިން ކެންޑިޑޭޓެއް ނެރުން ކަމުގައެވެ.

”ވަގުތު ލިބުނު. ރައީސް ޔާމީން އެންގެވިގޮތަކަށް ނޫން ކަންތައް ހިނގައިދިޔައީކީ. ރައީސް ޔާމީން އެންގެވީ ތިމަންނައަށް ދެން ނިކުމެވަޑައެއް ނުގަންނެވޭނެއޭ. ދެން ބޮއިކަޓް ކުރާކަށްވެސް ގަސްތެއް ނުކުރަމޭ. އެހެންވީމާ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭށޭ. ނުނެރެވިއްޖެއްޔާ ތިމަންނަ މިހިރީ ޕީއެންސީގެ ކެންޑިޑޭޓަށްވެސް ތާއީދު ކުރާށޭ. އެހެން ވިދާޅުވީ. އެކަމަކު އެގޮތަކަށް ނޫން ކަންތައް ހިނގައިދިޔައީ. ޕީޕީއެމްގެ އެއްވެސް މެންބަރަކަށް އިންތިހާބުގައި ކުރިމަތި ލުމުގެ ފުރުސަތެއް ނުދިން.“ ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ފާހަގަކުރެއްވިގޮތުގައި ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމަށް ފުރުސަތު ނުދިނުމުން އެމަނިކުފާނަށް ގަބޫލުފުޅު ކުރެވުނީ އެޕާޓީގައި10 އަހަރު ވާންދެން ހުންނެވިއިރު، އެއްވެސް އިހުތާރެމެއް، ބަލައިލުމެއް ނެތި ކަންކަން ކުރުމުގެ ސަބަބުން އެޕާޓީގައި ހުންނަވަން ނުޖެހޭ ކަމެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button