ޚަބަރު
އިދިކޮޅު ޕީޕީއެމް މުޒާހަރާގެ ތެރެއަށް ކަޅުތެޔޮ ޖަހައިފި

ޕުރޮގްރެސިވް ޕާޓީގެ ރައީސް އަދި ޕުރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ކުރުމަށް ޕޮރޮގްރެސިވް ކޯލިޝަންއިން ކުރިޔަށް ގެންދާ ސިލްސިލާ މުޒާހިރާ ތެރެއަށް ކަޅުތެޔޮ ޖަހައިފިއެވެ.
ކޯލިޝަންއިން ކުރިޔަށް ގެންދާ މުޒާހަރާތެރެއަށް ކަޅުތެޔޮޖަހައިފައި ވަނީ މުޒާހަރާ ނިންމާލުމުގެ ގޮތުގައި ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހިރާގެ ބައިވެރިން އެއްވެ ތިބިވަގުތުއެވެ.
މީގެ ކުރިންވެސް މުޒާހިރާ ތެރެއަށް ހަމަލާދޭން ގުރޫޕް ތަކުން މަސައްކަތް ކުރުމުން އެމީހުން ހިފަހައްޓައި ފުލުހުންނާއި ހަވާލުކުމުން އެމީހުންނަށް ފިޔަވަޅުނާޅައި ވަނީ ދޫކޮށްލާފައެވެ.