ޚަބަރު

ރާއްޖޭގެ އެންމެ މުހިންމު ސާފިންގް ޕޮއިންޓް ވިއްކާލަން ސަރުކާރުން ނިންމުމުން ކޮމިއުނިޓީ ރަތަށް

މިނިސްޓްރީ އޮފް ޓޫރިޒަމް އިން ރިސޯޓް ތަރައްގީ ކުރަން މ.ބޯހުރާ ވިއްކާލަން އިއުލާނުކުރުމުން އެނިންމުމަކީ ސާފިން ކޮމިއުނިޓީން ނުުރުހޭ ކަމެއް ކަމުގައި ބުނެފިއެވެ.

ބޯހުރާއަކީ ރާއްޖޭގައި ސާފް ކުރަން އެންމެ ރަނގަޅު އެއް ސާފިން ޕޮއިންޓް ގުޅިފައިވާ ރަށެކެވެ. ދިވެހި ސަރުކާރުން މި ރަށް ވިއްކާލަން ވަނީ އިއުލާނު ކޮށްފައެވެ.

ބޯހުރާ ވިއްކާލަން އިއުލާނުކުރުމުން ދިވެހި ގިނަ ސާފަރުން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ސޭވް އަވާ ވޭވެސް ނަމުގައި ހިންގާ ޖަމިއްޔާއަކުން ވަނީ ބޯހުރާ ވިއްކާލަނީ މީމު އަތޮޅު ކައުންސިލް އާއި ދާއިރާގެ މެމްބަރާ ގުޅިގެންކަންވެެސް ބުނެފައެވެ.

މިސަރުކާރުން ސާފް ކުރަން ބަޖެޓް ހަމަޖައްސައިދިނަސް މިރަށް ވިއްކާލުމަކީ އެ ކުޅިވަރަށް އެޅޭ ހުރަހެއްކަމަށް ގިނަ ސާފަރުން ބުނެއެވެ. އަދި މިރަށް ތަރައްގީ ކުރަން އެ ސާފް ޕޮއިންޓް ސުންނާފަތިކޮށްލާނެ ވާހަކަވެސް ގިނަ ސާފަރުން ބުނެއެވެ.

ބޯހުރާ ވިއްކުން ހުއްޓާލުމަށް ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ. މިކެމްޕޭނުގައި ބައިވެރިން ދަނީ ސޭވް ބޯހުރާ ހޭޝްޓެގް ބޭނުންކޮށް ބޯހުރާއާއި ބެހޭ ގޮތުން ތަފާތު ވާހަކަ ދައްކަމުންނެވެ. އެގޮތުން ބޯހުރާއަކީ މީމު އަތޮޅުގައި އޮތް އެންމެ ޖަޒީރާވަންތަ ރަށް ކަމަށާއި، އެ ރަށް ވިއްކާލުމަކީ މ.މުލި އަދި ކައިރީގައި ދިރި އުޅޭ ސާފިން ކޮމިއުނިޓީއަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުންކަަމަށް ބައެއް ސާފަރުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button