ޚަބަރުވިޔަފާރި

އައިބިޒް ކެފޭއިން މާލޭގެ އެންމެ މީރު ތަންދޫރީ ކުކުޅު ހިލޭ ޑެލިވަރ ކޮށްދެނީ

ދިވެހިން ބޭނުންވާ ރަހައިގައި އަދި އަގުގައި ތަންދޫރީ ކުކުޅު ލިބޭ ތަންތަން ވަރަށް މަދެވެ. އައިބިޒް ކެފޭއިން ވަނީ ދިވެހިންނަށް ލުއި އަގެއްގައި އެންމެ މީރު ތަންދޫރީ ކުކުޅު ތައާރަފު ކޮށްފައެވެ.

އައިބިޒް ކެފޭގެ މެނޭޖްމެންޓް އިން ”ބޮންތި“ ނިއުސްއަށް މައުލޫމާތު ދެމުން ބުނީ އެ ކެފޭގެ ތަންދޫރީ ޕެކޭޖަކީ ތަފާތަ ޕެކޭޖެއް ކަމުގައެވެ. އަދި އެ ޕެކޭޖްގައި ތިން ފަރާޓާ، ބަޓަ ޗިކެން އަދި ގުރީން ސަލަޑެއް ހިމެނޭ ކަމުގައެވެ. މި ޕެކޭޖް ވިއްކުމަށް އައިބިޒް އިން ނިންމާފައިވަނީ 130 ރުފިޔާއަށެވެ.

އައިބިޒް ކެފޭއަކީ ޑައިނިން އާއި ޓޭކްއަވޭގެ އިތުރުން ޑެލިވަރީވެސް ކޮށްދެމުން އަންނަ ކެފޭއެކެވެ. އެތަނުން ލިބެން ހުންނަ ހާއްސަ ބާވަތްތަކުގެ ތެރޭގައި، ހެނދުނުގެ ނާސްތާ، އިންޑިއަން ފުޑް، ތަންދޫރީ ޗިކެންގެ އިތުރުން ހަވީރުގަޑީގައި ހޫނު ހެދިކާ ހިމެނެއެވެ. މީގެ އިތުރުން އައިބިޒް ކެފޭއަކީ އެކިއެކި ހާއްސަ ބުއިންތަކާއި ކޮފީ ފަދަ ތަކެތިވެސް ލިބެން ހުންނަ ތަނެއްކަން ފާހަގަކޮށްލެވެއެވެ.

އައިބިޒްކެފޭގެ ޑެލިވަރީ ނަންބަރ 7707550 މެދުވެރިކޮށް އެކެފޭއިން އޯޑަރު ނޭނގޭނެއެވެ. އަދި ކެފޭގެ ފޭސްބުކު ޕޭޖް އިން އިތުރަށް އެކެފޭއިން ލިބޭ ކާނާގެ މެނޫ ފެންނަން ހުންނާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button