ޚަބަރު

ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރީ ހަމައެކަނި 67 މިލިއަން ޑޮލަރު: އެމްއެމްއޭ

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ރިޒާވްގެ ގޮތުގައި 2022 ނިމުނުއިރު ހުރީ ޖުމްލަ 827 މިލިއަން ޑޮލަރެވެ.

އޭގެ ތެރެއިން 200 މިލިއަން ޑޮލަރުގެ ދަރަނި އަކީ އިންޑިއާއަށް އަނބުރާ ދައްކަން ޖެހޭ އެއްޗަކަށްވާއިރު، ބާކީ ހުރި ޑޮލަރުން ބޭނުންކުރެވޭ ގޮތަށް ހުރި ހަމައެންމެ 67 މިލިއަން ޑޮލަރު ކަމަށް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން ހާމަވެއެވެ.

ޑޮލަރު ރިޒާވު މަދުވުމާގުޅިގެން މަރުކަޒީ ބެންކުން މިހާރު ބޭންކުތަށްވެސް ޑޮލަރު ދޫކުރަނީ ވަރަށް މަދުންނެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް އަންނަނީ ދަތިތަކެއް ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވެސް އިން މިހާރު ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ އޭލެވެލްއަށްވުރެ ދަށުގެ ކުދިންނަށް ޑޮލަރު ދިނުން ހުއްޓާލާފައެވެ.

ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ 67 މިލިއަން ޑޮލަރު ކަމަށްވާއިރު މިއީ 1 މަހުގެ އިމްޕޯޓަށްވެސް ފުދޭވަރަށްވުރެ މަދު މިންވަރެކެވެ. ނަމަވެސް ސަރުކާރުން ބުނާގޮތުންނަމަ، ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ ކުރިއަށްވުރެ ރަނގަޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button