ޚަބަރު

ރައީސް ޔާމީނުގެ ފަހުން 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު، ޖަލަށް ލުމަށް ހުކުމްކުރި ފަހުން، އެމަނިކުފާނަށް ކުރި ހުކުމާ ގުޅިގެން، އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައި އިދިކޮޅުން ބާއްވާ އިއްތިހާދުގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާކަމަށް އިދިކޮޅުން ބުނެފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ޑިސެންބަރު 25 އިން ފެށިގެން އިއްޔެއާ ހަމައަށް، އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން ވަނީ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އެތަނުން 2 މީހެއްގެ ބަންދަށް މިހާރުވަނީ 15 ދުވަސް ޖަހާފައެވެ. އަދި އެކަކު 30 ދުވަހަށް ބަންދުކޮށްފައިވާ ކަމަށާއި، ދެމީހަކު ވަނީ 60 ދުވަހުގެ މުއްދަތަކަށް ގޭބަންދު ކޮށްފައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ އަންހެންންތަކަށް އަނިޔާކުރާކަމަށާއި، އެތައް ބައެއް އަތުގެ ކުޑަހުޅުވެސް ލުއްސާފައިވާކަމަށެވެ. ޕާޓީ އޮފީށް ދޮރުމަތީގައި ކޮންމެ ރެއަކު ބެރިކޭޑް ޖަހައި ބަންދުކުރާކަމަށާއި، ތަނެއްދޮރެއް ނުބަލައި، އަތު ޖެހުނު މީހެއްގެ އަތުގައި ހިފައި އަނިޔާވެރިކަމާއެކު ގޮސް ޖިޕަށް އަރުވަނީކަމަށްވެސް ހީނާވަނީ ތުހުމަތުކޮށްފައެވެ.

ހިޔާލުފައުޅުކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްވެސް އޮންނާނެކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާތީ، އެކަމަށް ފާޑުވިދާޅުވަމުން ހީނާ ވިދާޅުވީ މިހާރު ފެނިގެން މިދަނީ، އެ މިނިވަންކަމުގެ ހައްގުތައް ފުރިގެން ބަންޑުންވާތަނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button