ޚަބަރު

މާލޭ މަސްމާރުކޭޓް މަތީގައި ފާޅުކަންބޮޑު ގޮތެއްގައި މަސްތުވާތަކެތި ބޭނުންކުރާ ވީޑިއޯއެއް އާމުވެއްޖެ

ހާސްކަމެއް ނެތި ރޯޯމާދުވާލު މާލޭ މަސްމާރުކޭޓް މަތީގައި ފާޅުކަންބޮޑު ގޮތެއްގައި މަސްތުވާތަކެތި ބޭނުންކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
އެ ވީޑިއޯއިން ފެންނަނީ މެންދުރުގެ ވަގުތުގައި މާލޭ މަސްމާރުކޭޓު މަތީގައި 10ވަރަކަށް ޒުވާނުން މަސްތުވާތަކެތި ބޭނުން ކުރާތަނެވެ. މިމީހުން ތިބީ މާރުކޭޓް ހޮޓާ ދޮރާދިމާ ވާގޮތަށެވެ. މާރުކޭޓް ހޮޓަލަކީ ގިނަ އަދަދެއްގެ މީހުން ހިދުމަތް ހޯދަމުންދާ ތަނެކެވެ. އެހެންނަމަވެސް މިމީހުން ތިބީ އެއްވެސް ބިރެއް، ފިކުރެއް ނެތި މަސްތުވާތަކެތި ބޭނުން ކުރާށެވެ. އެމީހުން އެތަކެތި ބޭނުން ކުރާތަންވެސް އެވީޑިއޯއިން ފެނެއެވެ.
މިހާ ފާޅުކަން ބޮޑުކޮށް މިކަން ކުރާއިރު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް ހަރުދަނާ ފިޔަވަޅު އެޅޭތަނެއް ނުފެނެއެވެ.

2 Comments

  1. ފުލުހުންނާ ސިފައިން ނަކީ ހަމައެކަނި ވެރިކަމުގެ ނިޒާމް ބަލަހައްޓަން ތިބޭ ބަޔަކަށް ވެފަ ވަނީ. ތިޔަފަދަ ކަންތަކަށް ސަރުކާރުން ސަޕޯރޓް ކުރާހެން ހީވަނީ. އިސްލާން ދީނަށް ފުރައްސާރަ ކުރުމާ މމ.ގައި ބަރަހަނާ ވުމާ ޑްރަގް ނެގުމާ ގިރިއަށް އުރުމާ މިހުރިހާ ކަމެއް މިސަރުކާރުން ކުރިއަރުވަން މަސައްކަތް ކުރާ ކަހަލަ .

  2. ތީ ސަރުކާރުގެ ޕޮލިސީ :
    ކަ މާބެހޭ ހުރިހާ ފަރާތްތަކުގެ އިޒްނަ އޮވެގެން ތިކަން ކެރިތިބެ ތިކުރަނީ:ޕޮލިސްވެސް ތީތިބޮއި.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button