ޚަބަރު

ކުރީގެ ސީޕީ ފަސީހު، ޕޮލިސް ބޯޑުގެ ހުސްވެފައިވާ މަގާމަށް އައްޔަންކޮށްފި

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ހުސްވެފައިވާ މަގާމަށް، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯކަންވެސް ކުރައްވާފައިވާ، އަހުމަދު ފަސީހު އައްޔަންކޮށްފިއެވެ.

މި މަގާމު ހުސްވެފައިވަނީ، ކުރިން ޕޮލިސް ބޯޑުގެ ރައީސްކަމުގައި ހުންނެވި އަލީ ފާއިޒު، ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް، 28 ނޮވެންބަރު 2022 ގައި އައްޔަންކުރުމާއި ގުޅިގެންނެވެ.

އެ މަގާމަށް، އަހުމަދު ފަސީހު އައްޔަންކުރުމަށްޓަކައި، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައުޔެއް ހޯދުމަށް އެކަން މަޖިލީހަށް ފޮނުއްވާފައެވެ. އަދި އަހުމަދު ފަސީހު، ޕޮލިސް ބޯޑުގެ ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް، ރައްޔިތުންގެ މަޖިލީހުން، 28 ނޮވެންބަރު 2022 ގައި ވަނީ ރުހުން ދީފައެވެ.

ފަސީހު އަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ދެއްވާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއިރުވެސް ފަސީހު ހުންނެވީ ކޮމިޝަނަރ އޮފް ޕޮލިހުގެ މަގާމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button