
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަށް އަމާޒު ކުރައްވައި އެއީ ”ކޮތަޅު“ ސަރުކާރު ކަމަށާއި، މި ސަރުކާރުން ވައްކަން ނުކުރަނީ ކޮން ކަމަކުންތޯ ރޯޑު ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ކުރީގެ ޗެއާމަން ހާލިދު އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.
ހާލިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ކަމަކަށްވެސް ކުރި ކަމަކީ ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ފައިސާ އެކްޓިވިސްޓުންނަށް ބަހާލުމުގެ ވައްކަން ކަމުގައެވެ. އޭނާ ވަނީ ކޮވިޑް-19 ގެ ފަރުވާއަށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުންވެސް ސަރުކާރުން ވައްކަން ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
”ބަދަލު ދިނުމުގެ ނަމުގައި ވައްކަން. ވެންޓިލޭޓަރުން ވައްކަން. ބުރިޖުން ވައްކަން. ހަކުރު ކިލޯއިން ވައްކަން. މަސް ދަޅުން ވައްކަން. ޖަނަރޭޓުން ވައްކަން. ފެނާ ކަރަންޓުން ވައްކަން. އެންމެ ފަހުން ކޮތަޅުންވެސް ވައްކަން.“ ހާލިދު ވިދާޅުވިއެވެ.
ހާލިދު ވިދާޅުވީ މިއީ ކޮތަޅު ސަރުކާރު ކަމަށާއި މިސަރުކާރުން ވައްކަން ނުކުރަނީ ކޮންކަމަކުންތޯ ސުވާލު ކުރައްވާފައެއެވެ. އަދި ވައްކަން ނުކުރަނީ ކޮންކަމަކުންތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ވައްކަން ކުރެވުނުލެތް މަދުވެގެން ނުވަތަ ނުފުދިގެން އިތުރަށް ވައްކަން ކުރުމަށް އިތުރު ދައުރެއް އެމްޑީޕީއަށް ދޭން ރައްޔިތުންގެ ގާތުން އާދޭސް ކުރާނެކަން ހާލިދު ފާހަގަ ކުރެއްވިއެވެ.
ބަދަލު ދިނުމުގެ ނަމުގައި ވައްކަން. ވެންޓިލޭޓަރުން ވައްކަން. ބުރިޖުން ވައްކަން. ހަކުރު ކިލޯއިން ވައްކަން. މަސް ދަޅުން ވައްކަން. ޖަނަރޭޓުން ވައްކަން. ފެނާ ކަރަންޓުން ވައްކަން. ކޮތަޅުން ވައްކަން. މި ކޮތަޅު ސަރުކާރުން ވައްކަން ނުކުރަނީ ކޮންކަމަކުން.
— Khalid Abdulla Ali (@khalid__SP) December 12, 2022
މިކަމާ ގުޅޭ އިތުރު ތަފްސީލް ހިއްސާ ކުރައްވަމުން ހާލިދު ވިދާޅުވީ މި ސަރުކާރުގެ ވައްކަން ބެލޭނޭ ހަމައެކަނި ސިޔާސީ ލީޑަރަކަށް ހުންނެވީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އެކަނި ކަމުގައެވެ. އަދި ސަރުކާރުން އެމަނިިކުފާނުގެ އިސްތަށިފުޅުގައި ހިޔާނާތުގެ ތުހުމަތު އެޅުވިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، ހަގީގީ ވަގުން ތިބީ މިސަރުކާރުގެ ތެރޭގައި ކަމަށް ހާލިދު ވިދާޅުވިއެވެ.