ޚަބަރު

ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުސޫލެއް އެކުލަވާލައިފި

ގެއްލުމުގެ ބަދަލު ނަގައިދީ, މައްސަލަތައް ހައްލު ކުރުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރާ އުސޫލެއް އެކުލަވާލާއިފިއެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރި މުއާމަލާތްތަކަށް ހަދައިފައިވާ އެއްބަސްވުންތަކުގެ ތެރެއިން، އޮގަސްޓު 7، 2008 އިން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހާ ދެމެދު، އުފެދިފައިވާ މައްސަލަތަކަށް ބަދަލު ނަގައި ދޭނެ ކަމަށް ރައީސް އޮފީހުން އެކުލަވާލާފައިވާ މި އުސޫލުކުުގައިވެއެވެ. އެއީ އެއްބަސްވުން ބާތިލުކުރުމާއި އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމާއި އެއްބަސްވުމާ ހިލާފުމާއި އަދި ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާތިލުކޮށްފައިވާ ނަމައެވެ.
އެއްބަސްވުން ބާތިލުކޮށްފައިވާ މައްސަލައެއް ނުވަތަ ވިޔަފާރިއާ ގުޅޭ މައްސަލައެއް، ކަމާބެހޭ އިދާރާއަށް ހުށަހަޅައިފައި ނުވާ ފަރާތްތަކުން، ބަދަލު ބޭނުންވާނަމަ އުސޫލަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން, އެފަދަ މައްސަލައެއް ހައްލު ކުރުމަށް ކޮމެޓީއެއް އުފައްދަން ޖެހޭނެކަމަށައި, އެކޮމެޓީގައި ތިބެންޖެހޭނީ ރައީސް އޮފީހުން ކަނޑައަޅުއްވާފައިވާ ފަރާތެއްގެ އިތުރުން, ކަމާބެހޭ މިނިސްޓްރީ ތަކުންނާއި ކޮންމެ މިނިސްޓްރީއަކުން ކަނޑައަޅާފަރާތެކެވެ.
މި އުސޫލުގައި ކޯޓުން ބޭރުގައި މައްސަލަތައް ހައްލު ކުރެވޭނެ ހާލައްތައްވެސް ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި ހިލާފަށް ނުވަތަ ކަނޑައެޅިގެން ބޭއިންސާފުން އެއްބަސްވުމެއް ބާތިލުކޮށްފައިވާކަމަށް ހާމަކޮށް ފެންނަން އޮތުން ހިމެނެއެވެ. އަދި މައްސަލައެއްގައި، ކޯޓުގެ ހުކުމަކުން ނަގައިދެވޭނެ ބަދަލު ގެ އަދަދު، މައްސަލަ ހައްލުކުރުމުގައި ދެވޭ އަދަދަށްވުރެ ބޮޑުވެދާނެކަމަށް ގަބޫލުކުރެވޭ ހާލަތުގައި ނުވަތަ މައްސަލައެއް ހައްލުކުރުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ އެ މައްސަލައެއް ކޯޓުން ބޭރުން ހައްލުކުރުން ކަމަށް ގަބޫލުކުރެވޭނަމަ ވެސް ކޯޓުން ބޭރުން މައްސަލަ ހައްލު ކުރެވިދާނެ ކަމަށް އުސޫލުގައި ބުނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

އިތުރު ކިޔާލުމަށް
Close
Back to top button