ޚަބަރުސިޔާސީ

އިތުރު ތިން މިލިއަން ޑޮލަރުގެ އެހީއެއް

އެމެރިކާ އަތުން އަނެއްކާވެސް ތިން މިލިއަން ޑޮލަރުގެ ބައިލެޓްރަލް އެހީއެއް ދިވެހި ސަރުކާރުން ހޯދައިފިއެވެ.

މިބާވަތުގެ އެހީއަކީ ދެގައުމަށް ފައިދާވާނެ އެއްބަސްވުންތަކެއް ހެދިގެންދޭ އެހީއެކެވެ. މިފަދަ ގޮތަކަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ހޯދައިފައިވަނީ 2019 ވަނަ އަހަރުގެ މާރިޗް މަހުގެ 12 ވަނަ ދުވަހުގައެވެ. އެއީ ހަމަ އެމެރިކާގެ އަތުން 28 މިލިއަން ޑޮލަރަށް ވުރެ ގިނަ އެހީއެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރީމަންޓަށް އިސްލާހް ގެނެސް އިތުރު ތިން މިލިއަން ޑޮލަރު، ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި، ހެޔޮވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރާމަސައްކަތަށް އެހީވުމަށް ދޭން ނިންމާފައިވާކަމަށް ޔޫއެސް ސަރުކާރުގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) އުން ބުނެފައިވެއެވެ.

ޔޫ.އެސް.އެއިޑުން އިން ބުނީ މި އެއްބަސްވުމުގެ ދަށުން ދެގައުމަށް ވެސް ފައިދާތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ބަލިމަޑުކަމުން އަރައިގަނެ ގައުމު އާރާސްތު ކުރުމާއި، ހެއްކަށް ބިނާކޮށް ކަންކަން ނިންމަން އެހީވުމާއި، އައްޑޫ އަދި ފުވައްމުލަކުގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކަށް މޫސުމީބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ މަސައްކަތް އަދި އެހެނިހެން ކާމިޔާބީތައް ލިބިފައިވާ ކަމަށް ޔޫ.އެސްއެއިޑުން އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button