ޚަބަރުސިޔާސީ

ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ޗައިނާއާއި އެކު އޮތް ގުޅުން ދެމެހެއްޓުން: ޑރ.ވަހީދު

ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ޗައިނާއާއި އެކު އޮތް ގުޅުން ދެމެހެއްޓުން ކަމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު މިހެން ވިދާޅުވެފައިވަނީ އަމިއްލަފުޅު ހައިސިއްޔަތުން, ޗައިނާ-އިންޑިއާ އޯޝަން ފޯރަމް އޮން ޑިވެލޮޕްމެންޓް ކޯފަރޭޝަނުގެ ނަމުގައި މި މަހުގެ 21 އިން 22 އަށް ޗައިނާގައި ބޭއްވި ފޯރަމްގައި ވީޑިއޯ މެސެޖް މެދުވެރިކުރައްވައި އެމަނިކުފާނު ދެއްވި ތަގުރީރެއްގައެވެ. މި ތަގުރީރުގައި އެ މަނިކުފާނުވަނީ ޗައިނާ ސަރުކާރުގެ އިސްނެންގެވުންތަކަށް ތަހުނިޔާ ވިދާޅުވެފައެވެ.

މިފޯރަމުގައި ބައިވެރިވުމަށް ރާއްޖެއަށް ޗައިނާގެ ސަރުކާރުން ދައުވަތު އެރުވިނަމަވެސް, މި ސަރުކާރުން ވަނީ އެ ފޯރަމުގައި ބައިވެރިވުމަށް އިންކާރުކުރައްވާފައެވެ.

މިފަދަ ދަނޑިވަޅެއްގައި, ޑރ.ވަހީދުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ, އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުން ތަމްސީލުކޮށް, ރައްޔިތުންގެ މަސްލަހަތައް ވަކާލާތުކޮށް, ދިވެހި ގައުމާއި ރައްޔިތުން ދިފާއުކުރުމަށް ކަމަށެވެ.

ޗައިނާއިން އިސް ނަގައިގެން އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތަރައްގީއަށް މަސައްކަތް ކުރުމުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބޭއްވި ފޯރަމަށް ދިން ދައުވަތު ރާއްޖެއިން ގަބޫލު ނުކުރުމުން ޗައިނާ އެމްބަސީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

2 Comments

  1. މިހާރު ރާއްޖެ ތަމްސީލްކުރުމާ މިކަހަލަ ކަންކަން ސަރުކާރަށް ނޭނގިވެސް ކުރަނީ. އަނެއްކާ ޗައިނާއިން ލާރިގަނޑެއް ދަމައެއް ނުގަންނާނެބާ.

  2. ސަރުކާރު ހިންގަން ތިބި ވެރިން ބަލަނީ ރާއްޖެއަށް ލިބޭ ފައިދާއަށްވުރެ ބޮޑަށް އެބައިމީހުންގެ އަންބޮނޑި ބޮޑުކުރެވޭތޯ. އިންޑިއާގެ ޕަޕެޓުންނަށް ވެގެން އެއުޅެނީ އެހެންވެގެން.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button