ޚަބަރުސިޔާސީ

ޒިޔާރާތްތަކަށް ނަދުރު ބުނުމާއި ސަލަވާތް ކިޔެވުންވެސް ދެން ފެށިގެން ހިނގައިދާނެ: މާއިލް

ޒިޔާރާތްތަކަށް ނަދުރުބުނުމާއި ސަލަވާތް ކިޔެވުން ވެސް ދެން ފެށިގެން ހިނގައިދާނެ ކަމީ ބިރުހުރި ކަމެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓަރ ހަސަން މާއިލް އަލީ ވިދާޅުވެއްޖެއެވެ.

މާއިލް މިހެން ވިދާޅުވެފައިވަނީ އޭނާ ކުރައްވާފައިވާ ޓްވީޓެއްގައެވެ. މި ޓްވީޓްގައިވަނީ ޒަމާންތަކެއް ކުރިން ބިދުއައެއް ކަމަށްވާ ޒިޔާރާތްތަކަށް ނަދުރު ބުނުމާއި ސަލަވާތް ކިޔެވުން ވެސް ދެން ފެށިގެން ހިނގައިދާނެކަމީ ބިރު ހުރި ކަމެއް ކަމަށެވެ. މި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ޝިއައީންގެ އާދަކާދަތަކެއް ކަމަށް ވިޔަސް ސުންނީ މުސްލިމުން ކުރަން ހެޔޮވާ ވަރަށް ވުރެއް ބޮޑު ނުބައެއް ފެތުރުމުގެ ބިރު ހީވާން ފަށައިފިކަމަށެވެ.

މި ޓްވީޓްގެ ކޮމަންޓްތަކުގައި މެދު ޒިޔާރާތް އަދިވެސް ބަހައްޓާފައި ހުރީ ކީއްވެކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ. އަދި އެބައެއްގެ ދީނުގައި ގަބުރުތައް ޒީނަތްތެރި ކުރުމަކީ ހުއްދަކަމެއްތޯ އާއި މެދުވެސް ސުވާލު އުފައްދާފައިވެއެވެ.

2 Comments

Leave a Reply to Hamid Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button