ޚަބަރުސިޔާސީ

ނައިބު ރައީސްގެ ދަތުރުފުޅުގެ ހަރަދު ރައީސް އޮފީހުން އިސްވެ ހާމަކޮށްފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ހަރަދު ރައީސް އޮފީހުން އިސްވެ ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެމަނިކުފާނު ޗައިނާ އަދި ސުވިޒަލޭންޑުގެ ވެރިރަށް ޖެނީވާއަށް ވަޑައިގެންނެވުމަށް ހަރަދުވީ 3،189،544.58 ރުފިޔާއެވެ.
ނައިބު ރައީސްގެ އެ ދަތުރުފުޅުތަކަކީ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް އަދި ”ހިއުމަން ރައިޓްސް 75“ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެ ދެ ދަތުރުފުޅުގެ ހަރަދުގެ ތަފްސީލަށް ބަލާއިރު، ނައިބު ރައީސް އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޑެލިގޭޝަނުގެ ޓިކެޓު ހަރަދަށް ދެ މިލިއަން ހަތަރު ލައްކަ ރުފިޔާ، އަދި ޗައިނާ ދަތުރުގެ ހަރަދު ތަކަށް އެއްލައްކަ އަށްޑިހަ ހާސް ރުފިޔާ ހަރަދުވިއެވެ.
އަދި ޖެނިވާ ދަތުރަށް ފަސް ލައްކަ ނުވަދިހަ ފަސްހާސް ރުފިޔާ ވަނީ ހަރަދުވެފަ އެވެ. ރައީސާއި ނައިބުގެ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކުގެ ތަފްސީލް ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button