ޚަބަރުސިޔާސީ

ޕާޓީތަކުގެ މިޞްރާބު ސީދާކޮށް އޮންނާނީ ސީދާކޮށްތިބޭ މީހުންގެ ޤިޔާދަތުގެ މައްޗަށް: ސަލަފް ރައީސް

ސިޔާސީ ޕާޓީތަކުގެ މިޞްރާބު ސީދާކޮށް އޮންނާނީ ސީދާކޮށްތިބޭ މީހުންގެ ޤިޔާދަތުގެ މައްޗަށް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަލަފް ޖަމިއްޔާގެ ރައީސް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު ޕީޕީއެމްގެ ދާއިރާތަކުގެ އިންތިޚާބަށް އިޝާރަތް ކުރައްވަމުންނެވެ.

ޝައިޚް އަބްދުالله ވިދާޅުވީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ހެޔޮލަފާ، ތަޤްވާވެރި، މަޤާމަށް ކުފޫހަމަވާ، ޤާބިލު، ސީދާ މީހުން ހޮވުމަށް ހުރިހާ ޕާޓީތަކުގެ އާންމު މުމެމްބަރުންނަށް އިލްތިމާސް ކުރައްވާކަމަށެވެ.

މިއާއިއެކު ޝައިޚް ވިދާޅުވީ ޕާޓީތަކުގެ މިޞްރާބު ސީދާކޮށް އޮންނާނީ ސީދާކޮށްތިބޭ މީހުންގެ ޤިޔާދަތުގެ މައްޗަށްކަމަށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެ ކޯލިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ދާއިރާ އިންތިޚާބުގައި ވޯޓު ނަގަން ޖެހޭ ދާއިރާތަކާއި ރަށްރަށުގެ ވޯޓު ނެގުން ކުރިއަށް ގެންދާނީމާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

އެގޮތުން ހަވީރު 4:00 އާއި ހަމައަށް ވޯޓުލުމަށް ކިއޫ އާއި ގުޅޭ މެންބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ އެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button