ޚަބަރު

މާދަމާއިން ފެށިގެން ވެކްސިން ސެންޓަރުތައް ހުޅުވާނީ 2 ގަޑިއިރަށް!

މާދަމާއިން ފެށިގެން ވެކްސިން ސެންޓަރުތައް ހުޅުވާނީ 2 ގަޑިއިރަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ސައިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ޖަހަން ބޭނުންވާ ފަރާތްތަކަށް ހެނދުނު 9 އަކުން 11 އަށް ހިދުމަތް ލިބޭނެ ކަމަށެވެ. ނޭޝަނަލް އާޓް ގެލެރީ، ވިލިމާލެ ޔޫތު ސެންޓަރު އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން މިގަޑިތަކުގައި ވެކްސިން ޖެހޭނެއެވެ. 18 އަހަރުން މަތީގެ ކޮންމެ މީހަކަށް މި ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހޭނެއެވެ. އަދި ފުރަތަމަ ޑޯޒު ޖެހިތާ 3 ހަފްތާގެ މުއްދަތު ހަމަވެފައި ތިބި ފަރާތްތަކަށް ދެވަނަ ޑޯޒު ޖެހޭނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ޖަހާފައިވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ. އެކަމަކު އެ ވެކްސިން ހުސްވުމާގުޅިގެން މިވަގުތު ޖަހަނީ ޗައިނާގެ ސައިނޮފާމް ވެކްސިނެވެ. އަދި ކޮވިޝީލްޑް ވެކްސިން ލިބޭނެ ދުވަހެއް ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button