ޚަބަރުސިޔާސީ

ރައީސް އިބްރާހިމް ދައުރު އެ ނިންމާލަނީ ޗޯރުންގެ ނެޓްވޯކެއް ދައުލަތަށް ސަވާރު ކުރުވައިގެން: އީވާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 5 އަހަރުގެ ދައުރެއް ނިންމަވައިލައްވަނީ ޗޯރުންގެ ނެޓްވޯކެއް ނުވަތަ ވަގުންގެ ނެޓްވޯކެެއް ދައުލަތަށް ސަވާރުކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ރަސްރަނި ބަގީޗާގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިން ނިންމާލުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ކޯވިޑް 19 ގެ ދަތި ދުވަސްވަރުގައި ރާއްޖެއަށް ގެނައި ވެންޓިލޭޓަރުން ރައީސް އިބްރާހިމްގެ ވެރިކަމުގައި ހިޔާނާތް ހިންގުމުން އެމަނިކުފާނު ވިދާޅުވަނީ އެފަދަ އަމާން ރާއްޖެ އަކަށް ދިއުމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށެވެ.

”އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ފުނިޖެހިފައި ހުރި ފެނަކައިގެ ކޮރަޕްޝަނާއި، އާރުޑީސީން 13 މިލިއަން އަމިއްލަ އެކައުންޓަކަށް ކަހާލިއިރު، އެކަން ނުބަލާ އެބުނަނީ ދެން މީއޭ އަމާންކަމަކީ، ތިމަންނާއަށް ދެވަނަ ދައުރެއް ދޭށޭ.“ އީވާ ވިދާޅުވިއެވެ.

ދަރިވަރުން ކިޔެވުމަށް ނަގާ ލޯނާއި އެނޫންވެސް ހިދުމަތްތައް ލިބެނީ ވަޒީރު މަނިކުފާނު ނުވަތަ ވައްކަމުގައި އުޅުއްވާ ސްޓޭޓް މިނިސްޓަރަކަށް ”ކަޓެއް“ ލައިގެން ކަން އީވާ ފާހަގަކުރެއްވިއެވެ.

އީވާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button