ޚަބަރުސިޔާސީ

ނިސްބަތުން އެންމެ މަދު މީހުން ނުކުމެ ލީ ވޯޓުގެ ވަގުތީ ނަތީޖާއިން މާލޭގެ މޭޔަރުކަމަށް އާޒިމް!

ރާއްޖޭގެ ރައީސް ކަމަށް ޑރ.މުހައްމަދު މުއިއްޒު އިންތިހާބުވެވަޑަައިގަތުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މޭޔަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އާޒިމް ވަނީ 3,529 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުލީ މީހުންގެ %46 އެވެ.

ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށެވެ. އާޒިމާ ވަނީ 2,167 ހޯއްދަވާފައެވެ. އެއީ %27 އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ތިންވަނައަށް ދިޔައީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް ހުސައިން ވަހީދު ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވިއިރު މިފަހަރުގެ އިންތިހާބުގައި އެންމެ އަޑު ގަދަކޮށް ގަދަބަސް ވިދާޅުވެ އަމިއްލަގޮތުން ވާދަކުރެއްވި ޝުއައިބް ޢަލީ (ފުރަހަނި ޝުއައިބް) ދިޔައީ 5 ވަނަ އަށެވެ. އޭނާއަށް މުޅި މާލެއިން  ލިބިވަޑައިގެންނެވީ ގާތްގަނޑަކަށް 80 ވަރަކަށް ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވިޔަސް،  ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައިވަނީ އެންމެ 17،000 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button