ޚަބަރުސިޔާސީ

މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މ. ދިއްގަރުގައި ތަމްރީން ފްރޮގްރާމެއް ފަށައިފި

މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މ. ދިއްގަރުގައި ތަމްރީން ފްރޮގްރާމެއް ފަށައިފިއެވެ.

ޖައިކާގެ އެހީގައި ކުރިއަށްދާ ޕްރޮޖެޓް (ޕްރޮމޯޝަން އޮފް ބްލޫ އެކޮނަމީ އިން ފިޝަރީޒް ސެކްޓަރ)ގެ ދަށުން މ. ދިއްގަރުގައި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން 11 – 13 ޖަނަވަރީ 2024އަށް މ. ދިއްގަރުގައި ތަމްރީން ފްރޮގްރާމެއް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްްގެ ފަރާތުން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ރައްކާތެރިކަމާއެކު މަސް ތައްޔާރުކުރާނޭ ގޮތާއި މަހުގެ ތާޒާކަން ދެނެގަންނާނޭ ގޮތާއި މަހުގެ އުފެއްދުންތައް އުފައްދާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި އަދި އަގުއެއްކުރި މަހުގެ އާ އުފެއްދުންތައް ތައްޔާރުކުރާނޭ ގޮތުގެ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button