ޚަބަރުސިޔާސީ

ޗައިނާ ސަރުކާރާއެކު ސޮއިކުރެވޭ ބައެއް ފަހުމުނާމާތައް ހާމަކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދަޢުލަތުގެ އިސް ބޭފުޅުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ޗައިނާ ސަރުކާރާއެކު ސޮއިކުރެވޭ ފަހުމުނާމާތަކުގެ ތެރެއިން މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ގުޅުންހުރި ފަހުމުނާމާތައް ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްްގެ ފަރާތުން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ވަނީ މި ފަހުމުނާމާތައް ހާމަކޮށްފައެވެ.

ފަހުމުނާމާތަކުގެ ތެރޭގަައި ހިމެނެނީ މަސް ގަންނަ ކެޕޭސިޓީ އިތުރުކުރުމަށް ޓަކައި އިތުރު ފެސިލިޓީތައް ރާއްޖޭގައި ގާއިމުކުރުމާ ބެހޭ ފަހުމުނާމާ، ނޫ އިގުތިޞާދެއް ބިނާކުރުމުގެ ގޮތުން ދެ ގައުމު އެކުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމުގެ ފަހުމުނާމާ، އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭ ދިރާސާތައްކުރުމުގެ ފަހުމުނާމާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button