ޚަބަރުސިޔާސީ

ހެންވޭރު އުތުރު މަޖިލިސް ގޮނޑިއަށް މިފަހަރު އައިފާން!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ހެންވޭރު ހުޅަނގު ދާއިރާގެ މާލެ ސިޓީގެ ކައުންސިލް މެންބަރު އަދި ހެންވޭރު އުތުރު ދާއިރާގެ ޕީޕީއެމްގެ ރައީސް އަހުމަދު އައިފާން، އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލާން ނިންމައިފިއެވެ.

ޕީޕީއެމްގެ ސެނެޓު މެންބަރުކަންވެސް ކުރައްވަމުން އަންނަ އައިފާނަކީ ޓީވީ ޗެނަލަކުން އުފެއްދި، ބެލުންތެރިންގެ މެދުގައި މިހާތަނަށް އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ޗެނަލް 13 ގެ މަޑިސީލަ ޕްރޮގްރާމްގެ ޕްރެޒެންޓަރެކެވެ. މީގެ އިތުރުން އިދިކޮޅުގެ މުޒާހަރާތަކާއި ސިޔާސީ ހަރަކާތްތަކުގަައި އައިފާނަކީ ލީޑް ރޯލެއް އަދާކުރައްވާފައިވާ މެންބަރެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ހާއްސަގޮތެއްގައި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލުން މިނިވަން ކުރުމަށާއި ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އައިފާނަކީ ޒުވާނުން ގޮވައިގެން ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. އެގޮތުން އާންމުންގެ މެދުގައި މަގުބޫލު ގިނަ މޫނުތައް މަޖިލިސް ގޮނޑިއަށް ފައި ނަގައިގެން ތިބިކަން ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button