
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި އެ ދެޕާޓީގެ ޒުވާނުންގެ ހަރަކާތުގެ އިސް މެންބަރު އިބްރާހިމް ރަޒާން (ބެން) ރަޝީދު ކުރިމަތިލާން ނިންމައިފިއެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމީ ކީއްވެތޯ ބެން އާއި ސުވާލު ކުރުމުން އޭނާ ބުނީ މިފަހަރު އޭނާ ކުރިމަތިލާން ނިންމީ އެދާއިރާގެ ގޮނޑި ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ގެއްލިޔަނުދީ އެ ފިކުރުގެ މެންބަރަކު އިންތިހާބު ކުރުމަށް ކަމުގައެވެ. އެގޮތުން އޭނާ އަކީ އެކަމަށް އެންމެ އެކަށޭނެ ކެންޑިޑޭޓް ކަން ބެން ފާހަގަކުރެއްވިއެވެ.
ހާއްސަގޮތެއްގައި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލުން މިނިވަން ކުރުމަށާއި ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ބެން އަކީ އެފިކުރަށް އަގުހުރި މަސައްކަތްތަކެއް ކުރި މެންބަރެކެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. އެގޮތުން އާންމުންގެ މެދުގައި މަގުބޫލު ގިނަ މޫނުތައް މަޖިލިސް ގޮނޑިއަށް ފައި ނަގައިގެން ތިބިކަން ފާހަގަކުރެވެއެވެ.
One Comment