ޚަބަރުސިޔާސީ

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ސީޕީ ހުސައިންގެ ހާއްސަ މެސެޖެއް!

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު މާލޭގެ އާންމު ރައްޔިތުންނަށް ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

ހުސައިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރާއި ހަވާލުވާ ބަޔަކާ މާލޭ ސިޓީ ކައުންސިލާއި ހަވާލުވާ ބަޔަކީ ސިޔާސީ ގޮތުން އެއްވިސްނުމެއްގެ ބަޔަކަށް ނުވާތީ ތަފާތު އެކިކަހަލަ ދަތިތަކާއި އަބަދުވެސް ކުރިމަތިވެފައިވާކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޮތް އެމްޑީޕީގެ ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދިން އިރު، އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މިހާރުގެ ސަރުކާރުން ކައުންސިލާއި މެދު އިހުމާލުވެފައިވާކަމުގައެވެ.

މީގެ އިތުރުން، މާޒީގެ އެ ދެއިބުރަތްތެރި ސޮފުހާތަކުން ފިލާވަޅު ލިބިގެން 2023 ނޮވެމްބަރ 17 ވަނަ ދުވަހު ހުވާ ކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރައީސާއިއެކު، އޭނާ ވާނީ މާލޭ ސިޓީގެ މޭޔަރުކަމަށް އެ ކޯލިޝަނުން ނިކުންނަ ކެނޑިޑޭޓަށް ކަން ހުސައިން ފާހަގަކުރެއްވިއެވެ.

”އަލަށް އުފެދޭ ސަރުކާރުގެ ހިޔަލުގައި މާލެސިޓީގެ ތަރައްގީ ހަލުވިވެފައި ފަސޭހަވާނެ. އިރާދަ ކުރެއްވިއްޔާ މާލޭ ސިޓީ ނަލަ، ރައްކާތެރި، ހިތްފަސޭހަ ސިޓީ އަކަށް އަޅުގަނޑު ހަދައިދޭން.“ ހުސައިން ވިދާޅުވިއެވެ.

1991 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތުގައި ދެމިހުރެ، ރައްޔިތުންނަށާއި ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވި ހުސައިން ފުލުހުންގެ ޓެޕިއުޓީ ސީޕީގެ މަގާމަށް އައްޔަނު ކުރެއްވީ 2012 ވަނަ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ20 ވަނަ ދުވަހު ފުލުހުންގެ ކޮމިޝަނަރުކަމަށް އައްޔަނު ކުރައްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

ރާއްޖެއާއި ރާއްގެއިންބޭރުގެ ގިނަ ތަމްރީނުތަކެއް ހާސިލްކުރައްވަވައިގެން ހުންވުމަށްފަހު ދެން އެމަނިކުފާނު ނުކުންނެވީ ސިޔާސީ ދާއިރާއަށެވެ. އެމަނިކުފާނު ވަނީ ހައުސިން މިނިސްޓްރީއާއި ޔޫތު މިނިސްޓްރީގައި ސިޔާސީ އިސްމަގާމުތައް 2018 ވަނަ އަހަރާއި ހަމައަށް ފުރުއްވާ ޒުވާނުންނަށާއި އާންމު ރައްޔިތުންނަށް ވަނީ ވަރަށް ގާތުން ހިދުމަތް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button