ޚަބަރުސިޔާސީ

ބޮއިކަޓް ކުރި ވާހަކަ ރައީސް ދެއްކެވި އިރު މިއަދާ ހަމައަށް ކުރީ ޖެއްސުން

ސަރުކާރުގެ ވިޔަވަތި ސިލްސިލާ ކޮންފަރެންސްގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކޮންފަރެންސް މާލެ ސިޓީ ކައުންސިލުން ބޯއިކަޓް ކުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން މާލެ ސިޓީގެ ކައުންސިލަރު އަހުމަދު އައިފާން އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

އައިފާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑެތި ހަފްލާތައް ބާއްވާފަ ފޮނި ވާހަކަފުޅު ރައީސް ސޯލިހު ދެއްކެވުމުގެ ބަދަލުގައި އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ނަމުގައި ވުޖޫދު ކުރި ގާނޫނު ތަންފީޒު ކުރެއްވުން މާ ރަނގަޅު ކަމުގައެވެ.

”މާލެ ސިޓީއަށް ދޭންޖެހޭ އެއްވެސް ބާރެއް ނުދީ ރައީސް ސޯލިހުގެ ސަރުކާރުން މިއަދާ ހަމައަށް ކުރީ ޖެއްސުން.“ އައިފާން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މި ކޮންފަރެންސް ބޯއިކަޓް ކުރިކަމަށް ދެކެވޭ ވާހަކަތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް ކޮންފަރެންސްގައި ބައިވެރިވެވަޑައިނުގެންނެވުނީ ރާއްޖެއިން ބޭރުވައި ހުންނެވުމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button