ހަލުވިކަމާއެކު ހަ ބެއްޔެއް ފެތުރެމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އެދިއްޖެ

މިވަގުތު ހަލުވިކަމާއެކު ހަ ބެއްޔެއް ފެތުރެމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އެދިއްޖެއެވެ.
އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ހަ ބެއްޔެއް ފެތުރެމުންދާކަމށާއި, ބަލިތައް ދެނެގަނެ, ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.
ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ބަލިތަކަކީ:
- ހުމާއި ރޯގާ
- ފާނަބަސަންދު
- ހޭންޑް ފުޓް އެންޑް މައުތް
- ލޮލު ރޯގާ
- ބޭރަށްހިންގުން
- ޑެންގީ
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ހޭންޑް، ފުޓް އެންޑް މައުތު ބައްޔާ ގުޅޭ ގޮތުން ވިދާޅުވީ، މިއީ ކުޑަކުދިންގެ މެދުގައި ވަރަށް ބާރަށް ފެތުރޭ މޫސުމީ ބައްޔެއް ކަމަށާއި ނަމަވެސް ބައެއް ފަހަރު ބޮޑެތި މީހުންނަށްވެސް ޖެހޭ އަދި އާއިލާ އެއްކޮށް ވެސް ބަލިވާ ބައްޔެއް ކަމަށެވެ. އަދި އެ ބަލީގައި ނަގާ ބިހިތައް ބައެއް ފަހަރު މުޅި ގަޔަށްވެސް ފެތުރޭ ކަމަށް ވިދާޅުވި އެވެ.