ޚަބަރުސިޔާސީ

ރައީސް ޔާމިންގެ ވެރިކަމުގެ 5 އަހަރުގައި 50 ރިސޯޓް ހުޅުވިގެން ދިޔަ!

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ 5 އަހަރުގައި 50 ރިސޯޓް ހުޅުވިގެން ދިޔަކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް ޕޯސްޓު ލިމިޓެޑްގެ ޗެއާމަންކަން ކުރެއްވި ޚާލިދު އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.

ޚާލިދު މިހެން ވިދާޅުވެފައިވަނީ މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓުގައި ރައީސް ޔާމިންގެ ވެރިކަމުގައި ކޮންމެ އަހަރަކު މުޅިން އަލަށް 10 ރިސޯޓް ހުޅުވިގެން ދިޔަކަމަށާއި، 5 އަހަރު ތެރޭގައި 50 ރިސޯޓް ހުޅުވިގެން ދިޔަކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ވެލާނާ އެއާރޕޯޓުގެ ބިޔަ މަޝްރޫޢުގެ ސަބަބުން އަހަރަކު 7 މިލިއަން ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާކަމަށް ޚާލިދު ވިދާޅުވެފައިވެއެވެ.

ޙާލިދު މިފަދައިން ޓުވީޓު ކުރެއްވިއިރު އިއްޔެ އަކީ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button