ޚަބަރު

އިންޑިއާ ހިތް ރުހޭގޮތަށް ނިރުބަވެރިންގެ ލިސްޓެއް ސަރުކާރުން އާންމުކޮށްފި

ޓެރަރިސްޓު ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ލިސްޓު މުރާޖައާ ކުރުމަށްފަހު އަވަށްޓެރި އިންޑިއާ ހިތް ރުހޭފަދައިން ސަރުކާރުން އަލުން އާންމުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ”ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު“ ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހު ކަމަށެވެ.

އެ ލިސްޓުގައި، ޓެރަރިސްޓު ޖަމާޢަތްތަކުގެ ގޮތުގައި 19 ޖަމާޢަތެއް ފާހަގަކޮށްފައިވާއިރު، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަޙައްދެއް ރައީސް އޮފީހުން ވަނީ ކަނޑައަޅާފައެވެ.

ޓެރަރިސްޓުންގެ ލިސްޓެއް ސަރުކާރުން އެކުލަވާލާފައިވާއިރު ލިސްޓުގެ އެންމެ ކުރީގައި ހިމަނަންޖެހޭ ކަމަށް މުޅިދުނިޔެ ޤަބޫލުކުރާ އިޒްރާޢީލްގެ ޒަޔަނިސްޓު ޖަމާޢަތާއި، އިންޑިއާގެ މުސްލިމުންނަށް އަމާޒުކޮށް ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންދާ ހަރުކަށި ބީޖޭޕީފަދަ އަނިޔާވެރި ޖަމާޢަތްތައް މި ލިސްޓުން އުނިކޮށްފައި މުރާޖަޢާކޮށް ލިސްޓް އާންމުކުރުމުން މި ލިސްޓަކީ އިންޑިއާ ރުހޭގޮތަށް ބައްޓަންކުރެވިގެން އާންމުކުރެވިފައިވާ ލިސްޓެއްކަމުގައި ބުނުމުގެ ޖާގައެބައޮތެވެ.

ޓެރަރިސްޓު ޖަމާޢަތްތަކުގެ ގޮތުގައި ދިވެހި ސަރުކާރުން ކަނޑައެޅި ލިސްޓު:

  • * އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިޔާ (ISIS)
  • * ޖަބްހަތު އަލް-ނުސްރާ
  • * ލަޝްކަރޭ ތައިބާ
  • * އަލް-ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
  • * އަލްގައިދާ އިން ދި އިސްލާމިކް މަޣްރިބް
  • * އަބޫ ސައްޔާފް ގްރޫޕް
  • * ބޮކޮ ހަރަމް / ބޯކޯ ހަރަމް
  • * އަލް ޝަބާބް
  • * އަލްގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • * ތެހްރިކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)
  • * ހަރަކާތުލް ޖިހާދު އަލް އިސްލާމީ
  • * ޖައިޝޭ މުހައްމަދު
  • * އިސްލާމިކް ސްޓޭޓް އިން އިރާގު އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
  • * ނެޝަނަލް ތައުހީދު ޖަމާއަތް
  • * ޖަމާއަތު މިއްލަތޭ އިބްރާހީމް
  • * ވިލާޔަތް އަލް ސޭލާނީ
  • * ހައިއަތު ތަހްރީން އަލް ޝާމް
  • * ހުއްރާސް އައް ދިން

މި ލިސްޓް އާންމު ކުރުމާއިއެކު ބައެއް ދީނީ ޢިލްމުވެރިންވެސް އަންނަނީ މިއީ ސަރުކާރުން އިންޑިއާއާއި ޔަހޫދީން ހިތްރުއްސަން ނެރުނު ލިސްޓެއްގޮތުގައި ސިފަކުރައްވަމުންނެވެ.

މި ލިސްޓަށް ފާޑުވިދާޅުވަމުން ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދު ﷲ ބިން މުޙައްމަދު އިބުރާހިމް ވިދާޅުވީ ޓެރަރިސްޓުންގެ ލިސްޓުގައި ފުރަތަމަ އޮންނަންޖެހޭ ކަމުގައި މުޅިދުނިޔެ ދަންނަ،ފަލަސްޠީން ރައްޔިތުންނަށް ރޯމާދުވާލު އަނިޔާކުރަމުންދާ ޔަހޫދީ ޒަޔަނިސްޓު ޖަމާޢަތާއި، އިންޑިއާގެ ހަރުކަށި ބީޖޭޕީފަދަ އަނިޔާވެރި ޖަމާޢަތްތައް ހިމަނާފައިނެތްކަމީ ލިސްޓުގެ ބޭނުމާއި ބޮޑުމަންޒަރު ހާމަވާ ހެތްކެއްކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button