ޚަބަރު
މުބީން އެނބުރި ޕީޕީއެމަށް
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ދޫކުރައްވައި އަލުން ރޭ ޕީޕީއެމާ ގުޅިވަޑައިގެންފި އެވެ.
މުބީން ވަނީ ޕީޕީއެމަށް ސޮއި ކުރި ފޯމު ރޭ އެޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅަށް އަރުވާފައެވެ.
މުބީނަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖޭޕީ ޓިކެޓުގައި އިންތިހާބުވި މެންބަރެކެވެ. އެކަމަކު ދައުރުގެ ވަކި ހިސާބަކުން އޭނާ ޕީޕީއެމާ އޭރު ގުޅުނެވެ. އެއަށްފަހު ރައީސް ޔާމީން 2018 ވަނަ އަހަރުގެ އިންތިހާބުން ބަލިވުމުން އޭނާ އަނެއްކާވެސް ޖޭޕީ އާއި ގުޅުނީއެވެ.
ޕީޕީއެމް ދޫކޮށް ދިޔަ ގިނަބަޔަކު އަންނަނީ އަލުން އަނބުރާ އެ ޕާޓީއަށް ސޮއި ކުރަމުންނެވެ.
Thiya dhiyaa anehfaharu gaasimege karah fain Araafa bileydhoo dhaairaage ticket hodhanvegen bileydhoo dhaairaage rahyyithun samaalvathi