ޚަބަރުސިޔާސީ

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު: މާފަންނު ހުޅަނގު އަދި ހެންވޭރު ދެކުނު ވޯޓު ލުން އަލުން ބާއްވަނީ

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިމަހު 5 ވަނަ ދުވަހު ކުރިއަށް ވަރަށް ފުރިހަމަކަމާ އެކު ނިންމާލުމަށްފަހު ދެދާއިރާ ކަމުގައިވާ މާފަންނު ހުޅަނގު އަދި ހެންވޭރު ދެކުނު ވޯޓު ލުން އަލުން ބާއްވަން ނިންމައިފައެވެ.

އެގޮތުން މާފަންނު ހުޅަނގު ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ދެބޭފުޅުން އެއްވަރުވުމާ ގުޅިގެން އަލުން ވޯޓުލާން ވަނީ ނިންމާފައެވެ. އަދި ހެންވޭރު ދެކުނު ވޯޓުފޮށީގައި މައްސަލަތަކެއް ހުރިކަން އިންތިހާބީ ކޮމިޓީއަށް ފާހަގަވާތީ ހެންވޭރު ދެކުނު ފޮށީގެ ވޯޓުލުން އަލުން ލާން ވަނީ ނިންމާފައެވެ.

މި ދެދާއިރާގެ ވެސް ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 19 ނޮވެންބަރު 2022 ވާ ހޮނިހިރު ދުވަހު އެވެ.

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް ވަނީ އެޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުންގެ ތަރުހީބު ލިބިފައެވެ. މި އިންތިހާބަކީ ޕީޕީއެމުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިހާބެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button