ޚަބަރުސިޔާސީ

ހުރިހާ ނޫސްތަކުން ރައީސް ޔާމީންގެ ޚަބަރު ގެންނާތީ މެންބަރު އިކްރާމް ބޮޑާ ހާކައިފި

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ދިނުމަށް އެ ދެޕާޓީގެ ޖޮއިންޓް ކައުންސިލުން ރޭ ނިންމުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ މީޑިއާތަކުގައި އެ ޚަބަރު ގެނެސްދޭން ފެށުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ބޮޑާ ހާކައިފިއެވެ.

މި ޚަބަރުތައް ފެންނަން ފެށުމާއިއެކު އިކްރާމްގެ ދެލޮލުން ނިދި ފިލައި ޓްވީޓްކުރަން ފެއްޓެވިއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ހުރިހާ ނޫސްތަކުން ރައީސް ޔާމީން އަަށް އިދިކޮޅު ރިޔާސީ ޓިކެޓް ދޭން ނިންމި ޚަބަރު ގެނެސްދޭތީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެއީ ޚަބަރެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އޭނާ ވިދާޅުވީ އެއީ  އަވަސް އަރައިގަނެގެން ބަޔަކު ވާހަކަތަކެއް ދެއްކުން ކަހަލަ ކަމެއް ކަމުގައެވެ.

އިކްރާމްގެ މި ޓްވީޓާއިއެކު އޭނާއަށް އެތައްބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މެންބަރު އިކްރާމް އަކީ ދޭތެރެއަކުން ޚަބަރުގެ ސުރުޚީއިން ޖާގައެއް ހޯދައިލުމަަށް މިފަދަ އެތަށް ހާސަރުތަކެއް ދަމާ ޝަކުވާ ކުރަމުންއަންނަ މެންބަރެކެވެ.

އެކަށީގެންވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިއްޒަތް ނުލިބޭކަމަށް ވިދާޅުވެ މީގެ ކުރިންވެސް މެންބަރު އިކުރާމް ޙަސަން ވަނީ ގިނަ ޝަކުވާތަކެއް ކުރައްވާފައެވެ.

އިކްރާމް ބޮޑަށް އާންމުންގެ ތެރޭގައި އެނގިގެން ދިޔައީ ކޮވިޑް19 ގެ ޕެންޑެމިކް ދުވަސްވަރު ޕީސީއާރު ޓެސްޓް ނަގަންހުރި އަންހެން ކުއްޖަކަށް ދިންހަމަލާއަކާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button