ޚަބަރު

ސޯޝަލް ހައުސިން ފްލެޓްތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދީ އެ ފްލެޓްތަކުގެ ޖޫރިމަނާ ކުޑަކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ވައުދުތަކުގެ ތެރެއިން ސޯޝަލް ހައުސިން ފްލެޓްތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދީ އެ ފްލެޓްތަކުގެ ކުލި ނުދެއްކުމުން ޖޫރިމަނާ ކުރާ އަދަދު ކުޑަކޮށްފިއެވެ.

އާބަންކޯއިން އިއުލާން ކުރި ގޮތުގައި އައު އަހަރާއެކު އަންނަ ބަދަލުތަކުގެ ތެރޭގައި ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް މިއަދާ ހަމައަށް މާފު ކޮށްދިނުމާއި، ’ޕެނަލްޓީ ރިލީފް’ގެ ދަށުން ފްލެޓަށް މިހާތަނަށް ދައްކަން ޖެހި، ނުދެއްކިފައިވާ ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތްވުމާއި، ފައިސާ ނުދެއްކިގެން އަރާ ޖޫރިމަނާ ’ފިކްސްޑް ޕެނަލްޓީ’އަކަށް ބަދަލު ކުރުމުގެ ފުރުސަތު ބޭނުންވާ ފަރާތްތަކަށް ދިނުން ހިމެނެއެވެ.

މީގެ އިތުރުން ފައިސާ ދެއްކުން ލަސްވެގެން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދުގެ %1 ކަމުގައި ކަނޑައެޅުމާއި، ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރުވެގެން ނުދިއުމާއި، ޖޫރިމަނާގެ ގޮތުގައި ނަގާ އަދަދު ދެފަރާތައް ވެސް އެނގޭނެ ކަމަށް އާބަންކޯ އިން ހާމަކޮށްފައިވެއެވެ. އަދި މި ބަދަލާ އެކު ޖޫރިމަނާއަށް ދައްކަން ޖެހޭ %1 ނެގޭނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން، ސަދަގާތައް ހޭދަކުރާ ގޮތަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އައު އުސޫލުތަކުގެ ދަށުން ތައާރަފުކޮށްފައިވާ ’ފިކްސްޑް ޕެނަލްޓީ’ގެ ދަށުން ޖޫރިމަނާ ކުރެވޭ ގޮތަށް ބަދަލު ކުރެވޭނީ، ހަމައެކަނި އެ އުސޫލުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކަށެވެ. ފޯމު ހުށަހެޅުމަށް 2024 ޖެނުއަރީ 10އެއްގެ ކުރިން އާބަންކޯގެ އޮފީހަށް ފޯމް ހުށަހުޅުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް debt@urbanco.mv ނުވަތަ Recievables@urbanco.mv އަށް ފޮނުވުމަށް ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button