ޚަބަރު
ކޮތަޅުން އަގު ނަގަންފެށުމުން ސަރުކާރުގެ ފުދުންތެރިކަން އޮތް ހިސާބު ރައްޔިތުންނަށް އަންދާޒާ ކުރެވޭ: ސަލަފް ރައީސް

މިހިނގާ ޖުލައި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން، ވިޔަފާރި ކުރާ މީހުންގެ އަތުން ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅުގެ އަގު ނަގަން ނިންމުމާއި ގުޅިގެން ޖަމިއްޔަތުއް ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ވިޔަފާރި ކުރަން އަންނައިރު ކޮތަޅު ނުގެންނަ ފަރާތްތަކުން ދެން ޖެހޭނީ ކޮތަޅު ގަންނަން ކަމަށާއި، އެސްޓީއޯއިން ޕްލާސްޓިކް ކޮތަޅެއް ވިއްކާނީ 2.5 ރުފިޔާއަށް ކަމަށް އެސްޓީއޯ އިން ހާމަކޮށްފައިވެއެވެ. އަދި ކަރުދާސް ކޮތަޅެއް ނަމަ ކޮތަޅެއް ވިއްކާނީ ދެ ރުފިޔާ އަށް ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެސްޓީއޯއިން މީގެ ކުރިން ބުނީ، މިއީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށްޓަކައި ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަކުރުމަށާއި، އެކަމަށް އެއްބާރުލުން ދިނުމުގެ މަގްސަދުގައި ގެނައި ބަދަލެއް ކަމަށެވެ. މިބަދަލަށް 17 ޖުލައި 2022 އިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށްވެސް އެސްޓީއީ އިން ވަނީ ބުނެފައެވެ.