ތަކުރާރުކޮށް ”ދިޔަރެސް“ ގެ އަންހެން ނޫސްވެރިޔަކަށް ފުރައްސާރަ ކުރަމުންދާއިރު މުއައްސަސާތައް ހަނު
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތްކުރާ މުވައްޒަފަކު ”ދިޔަރެސް“ ނޫހުގެ އަންހެން ނޫސްވެރިޔަކަށް ގުޅައި ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ މައްސަލަ އެނޫހުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.
މި މައްސަލަ އާއި ގުޅޭގޮތުން ”ބޮންތި“ ނޫހުގެ ފަރާތުން ފުލުހުންނާއި އަދި ނޫސްވެރިކަމުގެ ބެލެނިވެރި ފަރާތްކަމުގައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިތުރުން، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި ވަނީ ސުވާލުކޮށްފައެވެ.
އެހެން ނަމަވެސް ފުލުހުންނާއި މީޑިއާ ކައުންސިލުން އަދި މިހާތަނަށް އެއްވެސް ޖަވާބެއްދީފައެއް ނުވެއެވެ.
މައްސަލަ އާއި ގުޅިގެން މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާ (އެމްޖޭއޭ) އިން ބުނީ އެކަން ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާނެކަމަށެވެ.
”ދިޔަރެސް“ ނޫހުން މިކަމާއި ގުޅޭގޮތުން ޝާއިއު ކޮށްފައި ޚަބަރުގައި ބުނެފައިވަނީ އެ ނޫހުގެ އަންހެން ނޫސްވެރިއެއްގެ ފޯނު ނަންބަރު އާންމުކޮށް އެކި ނަންބަރުތަކުން އޭނާއަށް ގުޅައި ހަޑިހުތުރު ބަހުން ވާހަކަދައްކައި ދުއްތުރާކުރާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް މިއަދު ގެނެސްފައި ވާކަމުގައެވެ.
ނޫސްވެރިޔާއަށް ގުޅައި އުނދަގޫކުރަމުންދާ ނަންބަރުތަކުގެ ތެރޭގައި ހިމެނޭ އެއް ނަންބަރަކީ އެޗްޑީސީގައި މަސައްކަތްކުރާ މީހެއްގެ ނަންބަރު ކަމަށް އެނޫހުން ވަނީ ބުނެފައެވެ. ނޫސްވެރިޔާއަށް ފުރައްސާރަކުރީ މީގެ ކުރިން ހޯރަފުށީ ކައުންސިލުގެ މެންބަރުކަންވެސް ކޮށްފައިވާ ހއ. ހޯރަފުއްޓަށް ނިސްބަތްވާ އަލީ ރިޔާޒު ނަމަކަށް ކިޔާ މީހަކު ކަމަށް އެނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.
މި މައްސަލަ އާއި ގުޅިގެން ”ދިޔަރެސް“ ނޫހުގެ ފަރާތުން ވަނީ ފުރައްސާރަކުރި މީހުންގެ ވަނަވަރުވެސް އާންމުކޮށްފައެވެ.
ދިޔަރެސް ނޫހުގެ އަންހެން ނޫސްވެރިޔަކަށް ގުޅައި ފުރައްސާރަކުރި ބައެއް ނަންބަރުތަކާއި އެމީހުންގެ ވަނަވަރު
- 1. 7880882 މުޙައްމަދު އިރުފާން ނޫރާނީމާގެ މާލެ
- 2. 9661146 މުޙައްމަދު އަހުފާން ނޫރާނީގެ އދ.މަހިބަދޫ (A354548)
- 3. 9442442 މުޙައްމަދު ޝަފާޒު ނަފާ ތ.ގުރައިދޫ (A246104)
- 4. 7791176 ޢަބްދުﷲ ޝަރަފުއްދީން މ.މަގުމަތީގެ މާލެ
- 5. 7755965 އަލީ ރިޔާޒު ހއ.ހޯރަފުށި / މަރިޔަމް (A264511)
- 6. 9986133 ހަރީޒް ޙަމީދު (A260489)
- 7. 7857852 މުޙައްމަދު (A017143)
- 8. 7938522 އަޙްމަދު ފަލާޙު ހއ.ހޯރަފުށި
- 9. 7896000 ޙުސައިން ސަޔާހް
”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާއަށް ފުރައްސާރަކުރި ޚަބަރު އެނޫހުގައި ޝާއިއު ކުރިފަހުން އަނެއްކާވެސް ސޯޝަލް މީޑިއާގައި އަމީން ހަލީލް ނަމަކަށް ކިޔާ މީހަކުވަނީ އެނޫހަށް އިންޒާރުދީފައެވެ.
އަމީން ގެ ކޮމެންޓްގައި ބޭ އަދަބީބަސް ބޭނުންކޮށް ބުނެފައިވަނީ ދޮގު ހަބަރު ފަތުރާނަމަ ތަން ރޯވެސް ކޮށްލެވިދާނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އެނޫހުގެ ކޯ ފައުންޑަރ އަހުމަދު އަޒާން ކުރި ޕޯސްޓެއްގައި އަމީން އިންޒާރު ދީފައިވާ ކޮމެންޓް ހިއްސާކުރަމުން ބުނީ އަނެއްކާވެސް އިންޒާރުދީފައިވާ ކަމަށާއި، އިންޒާރުދިނީ ހއ.ހޯރަފުށީ ފެނަކައިގައި މަސައްކަތް ކުރާ މުއައްޒަފެއް ކަމަށްވާ އަމީން ހަލީލް ކަމަށެވެ.
މިއާއިއެކު އޭނާބުނީ އަބަދު މިސަރުކާރު އޮންނާނެ ކަމަށް ހީކޮށްގެން މިހެން އުޅޭ އެންމެންގެ ނަން ނޯޓުކުރަމުންދާކަމަށެވެ.
މީގެ އިތުރުން މިކަމަކީ ހޯރަފުށީގައި ތިބި ހުރިހާ ސިޔާސީ މުއައްޒަފުން ނެރެގެން ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް ގެ އަބުރުފުޅު ހިމާޔަތް ކުރުމަށް ކުރަމުންގެންދާ ކަމެއް ކަމަށް އަޒާން ވަނީ ތުހުމަތުކޮށްފައެވެ.
”މިއޮތީ އަނެއްކާވެސް އިންޒާރުދީފަ. މިއީ ހޯރަފުށީ ފެނަކައިގަ ވޯކް ކުރާ މީހެއް. ނަމަކީ އަމީން ހަލީލް، އަބަދު މިސަރުކާރު އޮންނާނެ ކަމަށް ހީކޮށް މިހެން އުޅޭ އެންމެންގެ ނަން އަޅުގަނޑުމެން މިދަނީ ނޯޓު ކުރަމުން. ހޯރަފުށީގައި ތިބި ހުރިހާ ސިޔާސީ މުއައްޒަފުން ނެރެގެންވެސް މިއުޅެނީ ހޯރަފުށީ ސަލީމްގެ އަބުރުފުޅު ހިމާޔަތް ނުވެގެން.“ އަޒާން ބުންޏެވެ.
”ދިޔަރެސް“ގެ ނޫސްވެރިޔާގެ ނަންބަރު އާންމުކޮށް އޭނާއަށް ގުޅައި ފުރައްސާރަކުރުމުގެ ފަހަތުގައި ހުރީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ކަމަށް ތުހުމަތުވާތީ، އެއީ އޭނާ އަޑީގައި ހުރެގެން ހިންގާ ކަމެއްތޯ ”ދިޔަރެސް“ ނޫހުން ކުރި ސުވާލަށް އޭނާ ޖަވާބު ދެއްވާފައިނުވާކަމަށް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.