ޚަބަރު

ތާރީހީ އާސާރުތައް ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

މާލޭގައި ހުރި މުހިންމު ތާރީހީ އާސާރުތައް މަރާމާތު ކުރުމާއި އާބާތުރަ ފިލުވުމާއި އެ ތަންތަން ޒީނަތްތެރިކޮށް ބެލެހެއްޓުގެ މަސައްކަތް ސަރުކާރު ކުންފުނި ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ކަލްޗާ މިނިސްޓްރީން ސްޓެލްކޯއާ ހަވާލުކޮށްފައި ވާއިރު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި  ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ކަލްޗާ މިނިސްޓަރު އާދަމް ނަސީރެވެ.

އެ މިނިސްޓްރީން ސްޓެލްކޯ އާ ގުޅިގެން މި މަސައްކަތް ކުރުމަށް އެއްބަސްވެ ސޮއިކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

މި އެއްބަސްވުމުގެ ދަށުން އާބާތުރަ ފިލުވުމާއި، މަރާމާތާއި، ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ އިތުރަށް އެ ތަންތަނުގައި ކުރަން ހުރި ކަރަންޓުގެ އެކި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީ ފަހުމީ ވިދާޅުވީ މީގެ ކުރިން މޫސުން ތަން ނުދީގެން އެ މަސައްކަތް ލަސްވި ނަމަވެސް ދެން އެ މަސައްކަތް ކުރިއަށް ދިޔުމުގައި ލަސްތަކެއް ނުވާނެ ކަމަށެވެ.

ކަލްޗާ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ސްޓެލްކޯއާ އެ މަސައްކަތް ހަވާލުކުރި ސަބަބަކީ އެ ތަޖުރިބާ އެ ކުންފުނީގައި ހުރެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށް ވުންކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button